...

Support Us

ޢާއިޝަތު ޙުސައިން މަނިކު: ތަފާތު ހުނަރުތަކުގެ ވެރި، ހުނަރުވެރިއެއް

ފިސާރި ކަނބަލުންގެ ވާހަކަ ވަރަށް ގިނައިން ދައްކަ އެވެ. އެކަމަކު، މިހާ ގިނަ، އެކި ދާއިރާތަކުގައި ހަރަކާތްތެރިވާ މުރާލި، ފިސާރި ކަނބަލެއް ފެންނާނީ ވަރަށް މަދުންނެވެ.

މިއީ ޢާއިޝަތު ޙުސައިން މަނިކެވެ. ތަފާތު ހުނަރުތަކުގެ ވެރި، ހުނަރުވެރިއެކެވެ. ވަކި ދާއިރާއެއް ނެތެވެ. ބަލައިލި ހަމަ ކޮންމެ ދާއިރާއަކުންވިޔަސް މެ އެވެ. އޭނާގެ ސީވީ ބަލައިލުމުން ފެންނަ މި ހުނަރުވެރިކަމުގެ ވާހަކަތައް ލިޔަން ފަށާނީ ކޮން ދިމާލަކުންކަން ވެސް ނޭނގޭހާ ގިނައެވެ. އެހާ ގިނަ ކޯސްތައް ހައްދަވައިފިއެވެ. އެހާ ގިނަ ތަމްރީނުތައް ހައްދަވައިފިއެވެ. އަދިވެސް ހުއްޓައެއް ނުލައްވައެވެ. މިހާރު ވެސް ގެންދަވަނީ ކުރިއަށެވެ. ވަރުބަލިވުމެއް ނެތިއެވެ.

ވިދާޅުވާން ފައްޓަވާށެވެ.

ތައުލީމާއި ތަމްރީނުގެ ސެޓްފިކެޓްތައް:

  • ބެޗަލަރ އޮފް އާޓްސް، ދިވެހި ލޭންގުއޭޖް (24 މާއްދާ)
  • ޑިޕްލޮމާ އިން ޖަޕަނީސް ލޭންގުއޭޖް ޕްރޮފިޝެންސީ (އޯވަސީސް)
  • ޑިޕްލޮމާ (ހައި) އިން އަރަބިކް ލޭންގުއޭޖް
  • ޑިޕްލޮމާ އިން ދިވެހި ލޭންގުއޭޖް
  • ޑިޕްލޮމާ އިން ހެއަރ އެންޑް ބިއުޓީ (ތައިލެންޑް)
  • ޑިޕްލޮމާ އިން ޔޯގާ އެންޑް ޑާންސް (ބޮލީވުޑް)
  • އިންޓަމީޑިއަޓް ޗައިނީޒް ލޭންގުއޭޖް
  • އެޑްވާންސް ސެޓްފިކެޓް އިން ގިރާއަތުން ގުރުއާން
  • ސެޓްފިކެޓް 2 އިން ސްޕީކިން ސްކިލްސް، ދިވެހި ލޭންގުއޭޖް
  • ސެޓްފިކެޓް އޮފް މެރިޓް (ޑިރެކްޓަރސް ޓްރެއިނިން ޕްރޮގްރާމް)
  • ސެޓްފިކެޓް އިން ކޮމްޕިއުޓަރް ސްކިލްސް
  • ސެޓްފިކެޓް އިން ސްޕޯޓްސް ނިއުޓްރިޝަން
  • ސެޓްފިކެޓް އިން ކޮމްޕީޓެންސީ ސްކިލްސް ސްޓޭންޑަޑް ރައިޓިން
  • ސެޓްފިކެޓް އިން ސީނިއަރ ގަވަންމެންޓް ކޮމިއުނިޓީ ލީޑަރސް
  • ސެޓްފިކެޓް އިން ބްރާންޗް ކެޕޭސިޓީ ބިލްޑިން
  • ސެޓްފިކެޓް އިން ޕްރޮޖެކްޓް ޕްރޮޕޯސަލް
  • ސެޓްފިކެޓް އިން ވުމަން އެމްޕަވަރމަންޓް
  • ސެޓްފިކެޓް އިން ޕްރޮޑިއުސިން ފުޑް ފްރޮމް ފިޝް ޕްރޮޑަކްސް
  • ސެޓްފިކެޓް އިން ފެޝަން ޑިޒައިނިން އެންޑް ޓީޗިން
  • ސެޓްފިކެޓް އިން މަސާޖް ތެރަޕިސްޓް އިން ޑިފަރެންޓް ފީލްޑްސް (ތައިލެންޑް)
  • ސެޓްފިކެޓް އިން އެނަރޖީ އެފިޝެންސީ އިމްޕްރޫވްމަންޓް
  • ސެޓްފިކެޓް އިން ޖީ.އެމް.ޕީ އެންޑް ޖީ.އެޗް.ޕީ ފޮރ ފުޑް ސޭފްޓީ
  • ސެޓްފިކެޓް އިން ޕަރފޯމަންސް އޮފް ޕޮޔަމް ފޮރ ދަ ޕަބްލިކް
  • ސެޓްފިކެޓް އިން ކަތަކް އެންޑް ބޮލީވުޑް ޑާންސް

 

އައިޝަތު: ރައްޔިތުންގެ ޚާއްސަ މަޖިލިސްގެ ފާދިއްޕޮޅުގެ މެންބަރުކަން 7 އަހަރުބައިގައި ކުރައްވާފައިވޭ

މިހާރު ކުރިއަށް ގެންދަވާ ކޯސްތައް:

  • މާސްޓަރ އޮފް އާޓްސް އިން ދިވެހި ލޭންގުއޭޖް އެންޑް ކަލްޗަރ (2019-2020)
  • އެޑްވާންސް ސެޓްފިކެޓް އިން ޝަރީއާ އެންޑް ލޯ (މޯލްޑިވްސް އިސްލަމިކް ޔުނިވާސިޓީ) 2019

ޚާއްސަ ކޮލިފިކޭޝަންތައް:

  • ޅެންވެރިކަމާއި ލިއުންތެރިކަމާއި ވިޔަފާރި އާއި ބިއުޓީ އާއި ފެޝަން އާއި، ނެށުމާއި ޤާރީ ކަމާއި ޓީޗަރުކަމާއި ވާހަކަ ދެއްކުންތެރިކަމުގެ އިތުރުން ސިޔާސީ ބޭފުޅެއް
  • ޢަރަބި، އުރުދޫ، އިނގިރޭސި، ޖަޕަނީސް، ޗައިނީޒް މި ބަސްތަކުން، ލިޔެކިޔައި އަދި ވާހަކަ ދައްކަވަން އެނގިވަޑައިގަންނަވާ
  • ލަންޑަން، އިޓަލީ، ޗައިނާ، ޖަޕާން، ސިންގަޕޫރު، ޗައިނާ، މެލޭޝިޔާ، ބެންކޮކް، ޑުބާއީ، ސައޫދީ ޢަރަބިޔާ، ސިރީލަންކާ، އިންޑިޔާ، ބަންގުލަދޭޝްފަދަ ޤައުމުތަކަށް ދަތުރުކޮށް ތަޖުރިބާ ހޯއްދަވައިފައިވޭ
  • ރާއްޖޭގެ ރެސޯޓެއްގައި ވަޒީފާ އަދާކުރައްވައި، 40 އަށްވުރެ ގިނަ ރިސޯޓްތަކަށް ތަޖުރިބާގެ ދަތުރު ކުރައްވާފައިވޭ
  • ހިންގުމުގެ ދާއިރާގެ އިސް ވެރިއެއްގެ ގޮތުންނާއި، އެހެނިހެން މެނޭޖްމެންޓުގައި މަސައްކަތް ކުރައްވާފައިވޭ
  • ސަރުކާރުގެ ކޮންމެ ދާއިރާއެއްގައި ތަޖުރިބާ ލިބެނިވި ކުރު ކޯސްތައް ހައްދަވައި ވޯކުޝޮޕް އަދި ސެމިނަރތަކުގައި ބައިވެރިވެވަޑައިގެންފައިވޭ
  • ހޮސްޕިޓަލްތަކާއި ޑޮކްޓަރުންނާ ގުޅޭ ކަންކަމުގެ މަޢުލޫމާތާ ގުޅޭ ކުރުކޯސް ހައްދަވާފައިވޭ
  • ޒެޑް.އެސް.އެސް ކުންފުނީގެ ދެވަނަ ވެރިއެއް (އެގްޒެކްޓިވް ޑިރެކްޓަރ) މި މަޤާމު ފުރައްވަމުން ގެންދަވާ
  • ޒެޑް.އެސް.އެސް ޙައްޖު ގުރޫޕުގެ މަސްއޫލުވެރިއެއް. 6 އަހަރު ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވޭ
  • ބިއުޓީ ސްޓޫޑިއޯ އަދި ސުޕަރ މެޑިކަލްގެ ޗެއަރޕަރސަން (ދެޖިންސަށް ޚިދުމަތްދޭ އަމިއްލަ ތަނެއް)
  • ތަޢުލީމީ ރޮނގުން ފުރިހަމަކޮށްފައިވާ ކޯސްތަކުގެ 24 ސެޓްފިކެޓް ލިބިވަޑައިގެންފައިވޭ
  • ކިޔަވާ ކުދިންގެ "މިސް" އެއް، އަދި ޓެކްނިކަލް ދާއިރާގެ އިތުރު ކޯސްތައް ހައްދަވާފައިވޭ
  • ދިވެހިބަހުގެ އަދަބީ އެކި މުބާރާތްތަކުން އެންމެ މަތީ ވަނަތައް ހޯއްދަވައި، ޤައުމީ އިނާމު 20 ފަހަރު ލިބިވަޑައިގެންފައިވޭ
  • ކާރު، މޮޓޯ ސައިކަލް، ބައިސްކަލް، (ލައިސަންސް އޮތުމާއިއެކު) ދުއްވަން އެނގިވަޑައިގަންނަވާ
  • ލަވަ ރޯލްތަކަށް ލަވައާއި، ޅެމާއި، މަދަޙަ އާއި، މަޖައްލާތަކަށް ލިޔެ ހައްދަވާ
  • ޅެމާއި ލަވައާއި މަދަޙަ ފާސްކޮށްދިނުމުގެ ޒިންމާ އުފުއްލަވަމުން ގެންދަވާ
  • ޅެންފޮތާއި ވާހަކަ ފޮތާއި އެހެނިހެން ފޮތްތައް ލިއުއްވައި ޝާއިޢު ކުރައްވަމުން ގެންދަވާ
  • ސެމިނަރ، ވޯކްޝޮޕް، ޓްރެއިނިން ފަދަ ކަންކަމާ އެކު ގިނަ އަދަދެއްގެ ސެޓްފިކެޓްތައް ލިބިވަޑައިގެންފައިވޭ
  • އެމްޓީޑީސީގެ ބޯޑު ޑިރެކްޓަރުކަން ކުރައްވާފައިވޭ. މީގެ ތެރޭގައި ރެސޯޓު ހިންގުމުގެ ތަޖުރިބާކުރައްވާފައިވޭ
  • މަދްރަސާގެ ދުވަސްކޮޅު ތަމްސީލު ކުޅެ، ލަވަ ވިދާޅުވެފައިވޭ.
  • އަމީނިއްޔާ، އިސްކަންދަރު، ކަލާފާނު ސްކޫލްގެ ޕީޓީއޭގެ މަންދޫބުކަން ކުރައްވާފައިވޭ.
  • އަމީނީ އުފާ ފެއަރގައި ޅެމާއި ޑްރާމާ ހަދައިގެން ދަސްކޮށްދީ ހުށަހަޅުއްވާފައިވޭ.
  • ހެންވޭރު އަވަށު އޮފީހުގެ އަންހެނުންގެ ކޮމިޓީގައި 12 އަހަރު މަސައްކަތް ކުރައްވާފައިވޭ.
  • ޕީޓީ ކަސްރަތު، ބެޑްމިންޓަން، ޓެނިސް، ޕިންޕޮން، ބަށި މުބާރާތްތަކުގައި ކުޅުއްވާފައިވޭ.

ފުރުއްވާފައި ހުރި މަގާމް/ ވަޒީފާތައް:

  • މޯލްޑިވްސް ޓުއަރިޒަމް އެންޑް ޑިވޮލޮޕްމެންޓު ކޮޕްރޭޝަންގެ ޑިރެކްޓަރ
  • ޒެސް.އެސް.އެސް ޕްރައިވެޓު ލިމިޓެޑް އެގްޒެކުޓިވު ޑިރެކްޓަރ
  • ޒެސް.އެސް.އެސް، މާލެ، މެނޭޖަރ
  • ޒެސް.އެސް.އެސް، ޙައްޖުޢުމްރާ ގުރޫޕުގެ މަސްއޫލުވެރިޔާ
  • ބިއުޓީ ސުޓޫޑިއޯގެ ޗެއަރޕަރސަން
  • ސުޕަރ މެޑިކަލްގެ ޗެއަރޕަރސަން
  • ދިވެހިރާއްޖޭގެ ޅެންވެރިންގެ ޖަމްޢިއްޔާގެ ޗެއަރޕަރސަން
  • ރައްޔިތުންގެ ޚާއްސަ މަޖިލިސްގެ ފާދިއްޕޮޅުގެ މެންބަރުކަން 7 އަހަރުބައިގައި ކުރައްވާފައިވޭ
  • އަރިއަތޮޅު ދެބައިކުރިއިރު ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ކޮމިޓީގެ މެންބަރެއް (1998) ގައި
  • ޓްރާންސްޕޯޓު ކައުންސިލްގެ މެމްބަރު 5 އަހަރު
  • ވެށިފަހި އޯވަރސައިޓު ކޮމެޓީގެ ރައީސާ 3 އަހަރު
  • ބޯހިޔާވަހި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި 1 އަހަރު
  • ހެންވޭރު އަންހެނުންގެ ކޮމިޓީގެ (ސެކެޓްރީ) މެންބަރެއް
  • ލޭބަރ މިނިސްޓްރީގެ ލޭބަރުންނާއި ބެހޭ ކޮމިޓީގެ މެންބަރެއް
  • ރާއްޖޭގެ ޤައުމީ ވިޔަފާރިވެރިންގެ ޖަމިއްޔާގެ މެންބަރެއް
  • އަންހެނުންގެ އެންޓަރޕްރިނަރސް ކައުންސިލްގެ މެންބަރެއް

ހިންގުމުގެ ދާއިރާ އިން ޚާއްޞަކޮށް:

  • ޒުވާނުންގެ މަރުކަޒުގެ ޒުވާނުންގެ އެކި ހަރަކާތްތަކުގައި އެހީތެރިވެ ދެއްވާފައިވޭ.
  • ވިޔަފާރިވެރިންގެ ޖަމިއްޔާގެ މެންބަރެއް އަދި ވިމެން އޮންޓިޕުރިނާސް ކައުންސިލްގެ މެންބަރެއް.
  • ސިޔާސީ އެންމެ ބޮޑު ޕާޓީ (އެމް.ޑީ.ޕީ) އުފެއްދުމާއި، ކުރިއެރުވުމުގައި ގޮފި ހައްދަވައި، ހިންގާ ގޮފީގެ ރައީސްކަން ކުރައްވާފައިވޭ.
  • އަރަބި ބަހުގެ ޘާނަވީ 2009 ވަނަ އަހަރު ނިންމަވާފައިވޭ.
  • ކައުންސިލިން ދިނުމުގައި އެހީތެރިވެދެއްވާފައިވޭ.
  • ރޭޑިއޯ އަދި ޓީވީގެ ހޭލުންތެރި ޕްރޮގްރާމް ހުށަހަޅުއްވާދެއްވާފައިވޭ.

ލިބިވަޑައިގެންފައިވާ އެހެނިހެން ތަމްރީނުތައް:

  • ދިވެހި ރެޑް ކްރެސެންޓްގެ މެންބަރެއް، ޔުނިޓްގެ ޓުރެޝަރާ، މާލޭ ބޯޑުގެ ހިންގާ ކޮމެޓީގެ މެމްބަރު
  • ލިޔުންތެރިންގެ ގުޅުން ޖަމިއްޔާގެ މެންބަރެއް (ހިންގާ ކޮމެޓީގައި 2 އަހަރު)
  • ޗާޕް ކޮށްގެން 5 ފޮތެއް ނެރުއްވާފައިވޭ
  • ޒެސް.އެސް.އެސްގެ (ޓެކްސީ، ލޯންޗް، ބޯޓު، ގެސްޓުހައުސް) ސްޕީޑް ލައިންގައި 18 އަހަރު މަސައްކަތް ކުރައްވާފައިވޭ
  • ކުދިންނަށް ކިޔަވާ ދިނުމުގައި އެތައް އަހަރެއް ހޭދަކުރައްވާފައިވޭ އެގޮތުން 17 ކޯހެއް ހިންގަވައިދެއްވާފައިވޭ
  • ދިވެހި އަދަބީ، ޅެމާއި ލަވަ ވާހަކަ މަދަޙަ ފަދަ، އެކިއެކި މުބާރާތްތަކުން 21 ފަހަރު އިނާމު ލިބިވަޑައިގެންފައިވޭ
  • ވެށި ފަހި މާލޭ އޮފީހުގެ އޯވަރސައިޓް ކޮމިޓީގެ (ޗެއާރ މަންކަން) ރައީސާކަން 3 އަހަރު ކުރައްވާފައިވޭ
  • ދިވެހި ރެޑް ކްރެސެންޓް ގެ ގަވަނިންގް ބޯޑުގެ މާލޭގެ މެންބަރެއް 2 އަހަރު ވާންދެން
  • ސަރުކާރާއެކުވާ، ޕަބްލިކް ކުންފުނިތަކުގެ ތެރެއިން 6 ކުންފުނީގެ ޙިއްސާ ދާރެއް
  • ހެންވޭރު އަންހެނުން ކޮމެޓީގައި 12 އަހަރު، އަދި ސެކެޓްރީއެއްގެ ގޮތުން މަސައްކަތް ކުރައްވާފައިވޭ
  • "ހަމަ" ޖަމިއްޔާގެ މެންބަރެއް
  • ބައިކް މޯލްޑިވްސްގެ މެންބަރެއް. 5 އަހަރު
  • ނިއު ދިއްލީ އަދި ޗައިނާގައި ބޭއްވި ބައިނަލްއަގުވާމީ ޅެން ފެސްޓިވަލާއި ޅެން ކޮންފަރެންސުގައި ބައިވެރިވެވަޑައިގެންފައިވޭ
  • ލޮބުވެތި ދިވެހިންނަށްޓަކައި "މި ޖީލުގެ ނުރައްކާ ވަބާ" (ކޮވިޑުލަވަ) މިޅެން ހައްދަވައި، ލަވައެއް ގޮތަށް އަމިއްލަފުޅު އަޑުން ރެކޯޑުކުރައްވައި، ވީޑިއޯއާއެކު ޔޫޓިއުބުގައި އަޕް ލޯޑުކުރައްވާފައިވޭ. އަދި އެލަވައަށް ކަރޯކޭވެސް ހައްދަވައި އަޕްލޯޑުކުރައްވާފައިވޭ

މިހާ ގިނަ ސެޓްފިކެޓްތަކާއި ތަޖުރިބާގެ އަލީގައި، ސަރުކާރު ހިއްސާވާ ވަރަށް ގިނަ ކުންފުނިތަކުގެ ޑިރެކްޓަރުންގެ ބޯޑަށް ވެސް ކޮންމެ ފަހަރަކުހެން ޢާއިޝަތު ޙުސައިން މަނިކު ކުރިމަތިލައްވައެވެ. އެއް ފަހަރު ކާމިޔާބު ވެސް ކުރެއްވިއެވެ.

ކުރިމަތިލެއްވި ބޯޑުތައް:

  • މޯލްޑިވްސް ޓޫރިޒަމް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެމް.ޓީ.ޑީ.ސީ)
  • ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސް.ޓީ.އޯ)
  • ބޭންކް އޮފް މޯލްޑީވްސް (ބީ.އެމް.އެލް)
  • ދިރާގު

އެކި ދާއިރާތަކުން ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި، ދައުލަތުގެ މިނިވަން މުވައްސަސާއެއްގެ މެމްބަރަކަށް ވެވަޑައިގަތުމަށްޓަކައި ވެސް، އެއިން ތަނަކުން ގޮނޑިއެއް ހުސްވުމުން، ޢާއިޝަތު ޙުސައިން މަނިކު ވަރަށް ގިނަ ފަހަރު ކުރިމަތިލައްވައެވެ. އެއީ ރައްޔިތުންގެ މަޖިލީހުން ރުހުން ލިބިގެން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ މަގާމުތަކެކެވެ. ނަމަވެސް، އެ ނަސީބެއް އަދި ލިވަޑައިނުގަނެއެވެ.

މެމްބަރު ކަމަށް ކުރިމަތިލެއްވި ކޮމިޝަންތައް:

  • މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން
  • ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން
  • އެންޓި ކޮރަޕްޝަން ކޮމިޝަން
  • ސިވިލް ސަރވިސް ކޮމިޝަން

ތިން ކުދިންގެ މަންމަ، ޢާއިޝަތު ޙުސައިން މަނިކުގެ ތައުލީމާއި ތަޖުރިބާގެ އަލީގައި މިހާތަނަށް ހިއްސާއެއް ވެދެއްވިފައި ނެތީ، ދައުލަތުގެ މިނިވަން މުވައްސަސާ އަކަށް ކަމަށް ވާތީ، މެމްބަރު ކަމަށް ކުރިމަތިލުމަށް އެންމެ ފަހުން އިއުލާންކޮށްފައިވާ ދެ މުވައްސަސާއަށް ވެސް، ޢާއިޝަތު ޙުސައިން މަނިކުގެ ސެޓްފިކެޓްތަކާއި، އޭނާގެ މުއްސަނދި ވަނަވަރު ވަނީ ހުށަހަޅުއްވައިފައެވެ.

މެމްބަރު ކަމަށް މިހާރު ކުރިމަތިލައްވާފައިވާ ކޮމިޝަންތައް:

  • ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން
  • ސިވިލް ސަރވިސް ކޮމިޝަން

ޢާއިޝަތު ޙުސައިން މަނިކުގެ ވަނަވަރަށް ބަލާއިރު، ކުރިމަތިލައްވާ ކޮންމެ ދާއިރާއަކުން ވެސް އޭނާ ވަނީ ކާމިޔާބާއި ކުރިއެރުން ހޯއްދަވައިފަ އެވެ. އަދި އޭނާގެ ހިތްވަރާއި، ކުޅަދާނަކަމާއި ތައުލީމާއި ތަޖުރިބާއަށް ރިއާޔަތް ކުރާއިރު، މިނިވަން މުވައްސަސާއެއްގެ މެމްބަރުކަން ލިބިވަޑައިގެންފި ނަމަވެސް، އިހްލާސްތެރިކަމާއެކު މަގާމުގެ ޒިންމާ އަދާކުރައްވާނެކަން އެއީ ޝައްކެއް އޮތް ކަމެއް ނޫނެވެ. ހަމަ ޔަގީނުން ވެސް، ޢާއިޝަތު ޙުސައިން މަނިކު ފަދަ ތަފާތު ހުނަރުތަކުގެ ވެރި، ހުނަރުވެރިއެއް ރާއްޖެއަކުން ދެން ނުފެންނާނެއެވެ.

ޢާއިޝަތު ޙުސައިން މަނިކުގެ މޮޓޯއަކީ ކޮބައިކަން އެނގިވަޑައިގަނޭތޯއެވެ؟ ވިދާޅުވިއެވެ: "އެހެން މީހުން އުޅެނީ ފައިސާ އެއްކުރެވޭތޯ. އަޅުގަނޑު މި އުޅެނީ އިލްމު އެއްކުރެވޭތޯ."

ހުރިހާ ވެސް ހެޔޮ އެދުމެއް ވަނީ ޢާއިޝަތު ޙުސައިން މަނިކާ އެކުގައެވެ.

ތިރީގައި މި ވަނީ ޢާއިޝަތު ޙުސައިން މަނިކުގެ ފަރާތުން ތިޔަ ހުރިހައި ކިއުންތެރިންނަށް ދެއްވާ ހަދިޔާއެކެވެ. ބައްލަވާލައްވާށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
961711
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *