Support Us

އިދިކޮޅު ޖަމާޢަތްތަކުން ގެންގުޅޭ ނަފްރަތްތެރިކަމުގެ ބަހުރުވައާ ދެކޮޅު ހައްދަވާ އުރްދުޣާން ވާހަކަފުޅު ދައްކަވައިފި

ތުރްކީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ޙަމަލާތަކުގައި ތުރްކީގެ އިދިކޮޅު ޖަމާޢަތްތަކުން ގެންގުޅޭ ނަފްރަތްތެރިކަމުގެ ބަހުރުވައާ ދެކޮޅު ހައްދަވާ ރައީސް އުރްދުޣާން ރޭ ވާހަކަފުޅު ދައްކަވައިފިއެވެ.

ތުރްކީގެ CNN TURK އާއި KANAL D އަށް ސޫރިޔާގެ ރެފިޔުޖީންނާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. "ތުރްކީގައި ތިބި ސޫރިޔާގެ ރެފިޔުޖީންގެ ޢަދަދަކީ ތުރްކީގެ ކަމާބެހޭ ރަސްމީ އިދާރާތަކުންނާއި ދުނިޔޭގެ ޤައުމުތަކުން އިޢުލާންކޮށް ހާމަކޮށްފައިވާ ޢަދަދެކެވެ. އެއީ ތިން މިލިއަން 381 ހާސް 429 މީހުންނެވެ."

ތުރްކީގެ ރިޔާސީ އިދިކޮޅު ކެންޑިޑޭޓް ކަމާލް ކްލެޖްދާރު އޫޣުލޫ މި ޢަދަދާ ބެހޭގޮތުން ދައްކަވާ ވާހަކަފުޅަށް މަލާމަތް ކުރައްވަމުން އުރްދުޣާން ވިދާޅުވިއެވެ. "އެ ޢަދަދު ތެދުކަމުގައިވާނަމަ ސޫރިޔާގައި އަސަދުނޫން މީހަކު ނެތެވެ."

އުރްދުޣާން ވިދާޅުވިއެވެ. "ޤަޠަރުގެ އެހީގައި ސޫރިޔާގެ އެއް މިލިޔަން ރެފިޔުޖީން ސޫރިޔާގެ އުތުރުގައި ވަޒަންވެރިކުރުވުމުގެ ފުރިހަމަ މަޝްރޫޢެއް ތަންފީޒު ކުރަން ވަރަށް އަވަހަށް ފެށޭނެއެވެ. އެމީހުން އެނބުރިދާނީ އެމީހުންގެ އަމިއްލަ އިޚްތިޔާރުގައެވެ." 

އުރްދުޣާން ހާމަކުރެއްވި ގޮތުގައި އިދިކޮޅު ކޯލިޝަންގައި ހިމެނޭ ނަޞްރު ޕާޓީގެ ޒަޢީމު އޫމީތު އޫޒްދާޣު އުރްދުޣާން ޕާޓީގެ އިސްވާރެއްކަމުގައި ވާ ނުޢުމާން ކޫރް ތަލްމުޝްގެ އަރިހުން ދާޚިލީ ވުޒާރާ އޭނާއަށް ދެއްވަން އެދިވަޑައިގަތެވެ. އޭރުން އޭނާގެ ނަޞްރު ޕާޓީ ރައީސް އުރްދުޣާނަށް ތާއީދު ކުރާނެކަމަށް ވިދާޅުވިއެވެ. އެހިދުގެ  އުރްދުޣާން ޕާޓީގެ މި އިސްވާރު ދެންނެވިއެވެ. "އަޅުގަނޑުމެންނަކީ ދައުލަތުގެ މަޤާމުތަކާ ބެހޭގޮތުން ދަމާކަނޑާ ބައެއްނޫނެވެ. އަޅުގަނޑުމެން އެއްބަސްވުންތައް ހަދާނީ އުޞޫލުތަކާ ބެހޭގޮތުންނެވެ."

އުރްދުޣާން ހާމަކުރެއްވި ގޮތުގައި ރިޔާސީ އިންތިޚާބުގައި ތިންވަނަ ލިބިވަޑައިގަތް ސިނާނު އޫޣާން އަޅުގަނޑުމެންގެ ގާތަށް ވަޑައިގަތީ ގޮނޑިތައް ބައްސަވާކަށް ނޫނެވެ. އޭނާ މިއަދުން ފެށިގެން އުރްދުޣާންގެ އިންތިޚާބީ ޙަމަލާތަކުގައި ބައިވެރިވެވަޑައިގަންނަވާން ފަށްޓަވާނެ ކަމަށް ވެސް އުރްދުޣަން ވިދާޅުވިއެވެ.

އިދިކޮޅު ޒަޢީމު ކްލެޖްދާރު އޫޣުލޫ ރައީސް އުރްދުޣާނާއެކު ޓީވީ ބަހުސަކަށް ވަޑައިގަންނަން ދަޢުވަތުދެއްވުމުން އުރްދުޣާން ވިދާޅުވިއެވެ. "ކްލެޖްދާރު އޫޣުލޫ ޓީވީ ބަހުސަކަށް އަޅުގަނޑަށް ދަޢުވަތު ދެއްވައިފިއެވެ. އޭނާ ބަހުސްކުރައްވަން ބޭނުންފުޅު ވަނީ ކޮން ކަމަކާ ބެހޭގޮތުން ހެއްޔެވެ؟ ޕްރޮގްރާމުތަކާ ބެހޭގޮތުން ހެއްޔެވެ؟ ނުވަތަ އޭނާގެ ކުރީގެ ނާކާމިޔާބީތަކާ ބެހޭގޮތުން ހެއްޔެވެ؟ ނުވަތަ ކުރީގެ ޞިއްޙަތާ ބެހޭ ތައުމީނުގައި އޭނާ ހޯއްދަވައިފައިވާ އަރުތައާ ބެހޭގޮތުން ހެއްޔެވެ؟

އުރްދުޣާން އިތުރަށް ވިދާޅުވިއެވެ. "ރިޔާސީ އިންތިޚާބުގައި ކްލެޖްދާރު އޫޣުލޫއަށް ކާމިޔާބު ލިބިވަޑައިގަތުމުގެ މާނައަކީ ނިރުބަވެރި ޖަމާޢަތްތަކަށް ކާމިޔާބު ލިބުމެވެ. ނިރުބަވެރި ހުރިހާ ޖަމާޢަތްތަކެއްގެ ވެސް އުންމީދަކީ އުރްދުޣާނަށް ރިޔާސި އިންތިޚާބުގެ ދެވަނަ ބުރު ނާކާމިޔާބުވުމެވެ." 

އުރްދުޣާން ވިދާޅުވިގޮތުގައި މިދާކަށް ދުވަހު ގަލްފުގެ ޤައުމުތަކުން ދިން މާލީ ޕާރުސަލުގެ ސަބަބުން ތުރްކީގެ މަރްކަޒީ ބޭންކަށާއި ބާޒާރަށް ވަނީ ވަރަށް ބޮޑު ބުރައެއް އެއްފަރާތް ކުރެވިފައެވެ. ރިޔާސީ އިންތިޚާބު ނިމުމުން މި ޤައުމުތަކުގެ ޒަޢީމުންނާ އޭނާ ބައްދަލުކުރައްވައި އެކަމަށް ޝުކްރު އަދާކުރައްވާނެ ކަމަށް އުރްދުޣާން ވިދާޅުވިއެވެ.

އުރްދުޣާން ރޭ ކުރެއްވި ޓުވީޓެއްގައި އިދިކޮޅު ޖަމާޢާތްތަކުން ހަނދަމުންދާ ޑީލުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. އޭނާ ވިދާޅުވިއެވެ. "ރައްޔިތުންގެ ޖުމްހޫރީ ޕާޓީގެ ރައީސާއެކު އިށީނދެވަޑައިގަންނަވާ ކޮންމެ ބޭފުޅަކު ވެސް ގޮނޑިން ތެދުވެވަޑައިގަތްފައި ވަނީ އެ ބޭފުޅަކު އެދިވަޑައިގެންނެވި ވަރަށް ވުރެ ގިނައިން ސުންބުއްޔަށް މަޤާމުތައް އަޅުއްވައިގެންނެވެ. ނައިބު ރައީސްކަމާއި އިތުރު ވުޒާރާތަކާއެކުގައެވެ." 

އޭނާ ވިދާޅުވިއެވެ. "ބަރްލަމާނުގެ ގޮނޑިތައް މަނިކުފާނު ބާޒާރަށް ނެރުއްވާ ވިއްކަވާލެއްވީ މަނިކުފާނުގެ އަމިއްލަ ފައިދާއަށް ކަން އެކަކުވެސް ހަނދާނެއް ނުނެތޭނެއެވެ. މަނިކުފާނާ ވާދަކުރައްވާ ކޮންމެ ބޭފުޅަކަށް ނައިބު ރައީސްކަމާއި ވުޒާރާތައް ވަނީ ހުށައަޅުއްވައިފައެވެ."

ކަމާލް ކްލެޖްދާރު އޫޣުލޫއަކީ އިދިކޮޅު "ހަ މޭޒު" ކޯލީޝަނުން ރިޔާސީ އިންތިޚާބަށް ނެރުނު އިސްވާރެވެ. އޭނާއަށް ފުރަތަމަ ބުރުގައި 33.9% ވޯޓު ލިބިވަޑައިގަތްފައި ވެއެވެ. އުރްދުޣާނަށް ލިބިވަޑައިގަންފައި ވަނީ 49.5% ވޯޓެވެ. ދެވަނަ ބުރަކަށް ދާންޖެހުނީ 50% ހަމަނުވެގެންނެވެ. ދެވަނަ ބުރު ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 28 ވަނަ ދުވަހުއެވެ. 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *