Support Us

ފަތުޙުﷲ ޖަމީލް: މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރެއްވުމަށް ބައިނަލްއަޤްވާމީ މައިދާނުގައި އަގުހުރި ޚިދުމަތްތަކެއް

އަލްމަރުހޫމު އަލްއުސްތާޛު ފަތުޙުﷲ ޖަމީލަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރެއްވުމަށް ބައިނަލްއަޤްވާމީ މައިދާނުގައި އެންމެ އަގުހުރި ޚިދުމަތްތަކެއް ކުރެއްވި ދިވެހިންގެ ތެރެއިން އެންމެ ކުރީސަފުގެ ބޭފުޅެކެވެ. ރާއްޖޭގެ ޚާރިޖީ ދާއިރާއަށް ޚިދުމަތްކުރައްވަން 1970 ގެ އަހަރުތަކުގައި ފަށްޓަވައި، 15 މާރޗް 1978 އިން 14 ޖުލައި 2005 އަށް، 27 އަހަރު ވަންދެން ރާއްޖޭގެ ޚާރިޖީ ވަޒީރުކަން ވަނީ ކުރައްވާފައެވެ. މިއީ ރާއްޖޭގެ ތާރީޚްގައިވެސް ރާއްޖޭގެ ޚާރިޖީ ވަޒީރުކަން އެންމެ ދިގު މުއްދަތަކަށް އަދާކުރެއްވި ވަޒީރެވެ.

މި މުއްދަތުގެ ތެރޭގައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ރާއްޖެއަށް ރިވެތި ނަމާއި ޝަރަފާއި ޤަދަރު ލިބިގެންދިޔަ ޚާރިޖީ ސިޔާސަތެއް ދިވެހި ސަރުކާރުން ގެންގުޅުއްވާފައިވާކަން ފާހަގަކޮށްލަންޖެހެއެވެ. ރާއްޖޭގެ ތަރައްޤީއަށްޓަކައި ބޭރުގެ އެހީ ހޯއްދެވުމަށްވެސް އެމަނިކުފާނު ކުރެއްވި ބުރަ މަސައްކަތްޕުޅު ފާހަގަކޮށްލެވެއެވެ.

ހަމަ އެހެންމެ އިސްލާމީ ޤައުމުތަކާއި ރާއްޖެއާ އޮންނަ ގުޅުން، ވަނީ އިތުރަށް ބަދަހިކުރައްވާފައެވެ. މިނިވަންކަމުގެ ނަޒަރުން ބަލާއިރު 3 ނޮވެމްބަރ 1988 ގެ އުދުވާނީ ޙަމަލާއަށްފަހު ކުދި ޤައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަމުގެ މައްސަލަ، ބައިނަލްއަޤްވާމީ ސަމާލުކަމަށް ގެންނެވުމަށް ރާއްޖޭގެ ފަރާތުން 1989 ވަނަ އަހަރުން ފެށިގެން ކުރެއްވި މަސައްކަތްތަކުގައިވެސް އެންމެ އިސް ދައުރެއް ޢަމަލީ ގޮތުން އަދާކުރެއްވި ބޭފުޅަކީ ފަތުޙުﷲ ޖަމީލެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *