Support Us

ޞ. ސ އިބްރާހީމް ރަޝީދު: މިނިވަންކަން ހޯއްދަވައިދެއްވުމަށް އަމަލީ ގޮތުން މަސައްކަތް ކުރެއްވި

ޞާހިބުއް ސަޢާދާ އިބްރާހީމް ރަޝީދު ނަުވަތަ ކަރަންކާ ރަޝީދަކީ ރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ހޯދުމަށް ކުރެވުނު ޤައުމީ މަސައްކަތްތަކުގައި ބޮޑުވަޒީރު އިބްރާހީމް ނާޞިރު އަރިހުގައި ޢަމަލީގޮތުން މަސައްކަތްކުރެއްވި އެންމެ ފާހަގަކުރެވޭ އެއް ޝަޚުޞިއްޔަތެވެ.

ރާއްޖޭގެ ދެކުނުގެ އަތޮޅުތައް ރާއްޖެއާ ވަކިވެ ނުރައްކާތެރި ހާލަތަކަށް ޤައުމު ގޮސްފައިވަނިކޮށް، ރާއްޖޭގެ ޤައުމީ މިނިވަންކަން ދިފާޢުކުރެއްވުމަށް އެ ހިނދަށް ރާއްޖެއަށް އެންމެ ބޭނުންތެރި ފިޔަވަޅުތައް އަޅުއްވައި، ސަރުކާރުން ކުރެއްވި ބުރަ މަސައްކަތްތަކުގައި ދާޚިލީ ވަޒީރުގެ ގޮތުންނާއި، ބޮޑުވަޒީރުގެ ނާއިބްގެ ހައިޘިއްޔަތުން އިބްރާހީމް ރަޝީދު އަދާކުރެއްވި ވާޖިބާއި އުފުއްލެވި ބުރަ މަސްއޫލިއްޔަތު ދިވެހި ތާރީޚްގައި ފާހަގަވެފައިވެއެވެ.

އަދި މިނިވަންކަމުގެ ރަމްޒެއް ކަމުގައިވާ ރާއްޖޭގެ އަމިއްލަ ވައިގެ ބަނދަރެއް ބިނާކުރުމުގެ ބުރަ މަސައްކަތްތަކުގައާއި، މިނޫންވެސް އެދުވަސްވަރު ދައުލަތުން ކުރެއްވި ބޮޑެތި ހުރިހާ މަސައްކަތްކެއްގައި އިބްރާހީމް ރަޝީދު ވަނީ އެންމެ އިސްދައުރެއް އަދާކުރައްވާފައެވެ. ރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން 26 ޖުލައި 1965 ގައި ލިބުނީ މި ބުރަ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ.

އިބްރާހީމް ރަޝީދަކީ ދައުލަތުގެ އިސް މަޤާމްތަކެއް އަދާކުރައްވައި ޤައުމަށް ގިނަގުނަ ޚިދުމަތްކެއް ކުރައްވާފައިވާ ބޭފުޅެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *