...

Support Us

ގަވައިދާ ޚިލާފަށް ރާއްޖޭގައި އުޅެމުން، ކަޅު ބާޒާރުގައި ބޭރު ފައިސާ ގަނެ ވިއްކާ ދެ ބަންގާޅީއަކު ހޯދަނީ

ގަވައިދާ ޚިލާފަށް ރާއްޖޭގައި އުޅެމުން، ކަޅު ބާޒާރުގައި ބޭރު ފައިސާ ގަނެ ވިއްކާ ދެ ބަންގާޅީއަކު ހޯދަން ފުލުހުން އިއުލާންކޮށްފިއެވެ.

ފުލުހުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެ، ގަވާއިދާ ހިލާފަށް ބޭރުފައިސާ ގަނެ ވިއްކައި، ސައްހަ ނޫން ލިޔެކިޔުން ބޭނުންކޮށްގެން ގިނަ އަދަދެއްގެ ފައިސާ ރާއްޖެއިން ބޭރަށް ފޮނުވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ހޯދަމުންދަނީ ބަންގްލަދޭޝް ދެ މީހުން ކަމަށްވާ މުޙައްމަދު އިޤްބާލް ހޮސައިން އާއި ޝޮހެލް ކަމަށެވެ. އެ ދެ މީހުންގެ ފޮޓޯ ވެސް ވަނީ ފުލުހުން އާންމުކޮށްފައެވެ.

"ވީމާ އެ ދެ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ." ފުލުހުންގެ ބަޔާނުގައިވެއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

  1. އިޚްލާޞްތެރިކަމެއް ތިކަމުގައި ކަމާއިބެހޭ ފަރާތްތަކުގެ އޮތް ކަމަކަށް ނުފެނޭ. އެހެންނަމަ ގަވާއިދާޚިލާފަށް ރާއްޖޭގައި މިހާ ގިނަ މީހުނަކަށް ނޫޅެވޭނެ. މިހެން ލަންކާ އިންޑިއާ އަދި ބަނގްލަދޭޝްގަ ވެސް ނޫޅެވޭނެ. ކޮބައިތޯ މިކަންކަމާ ހަވާލުވެ ރައްޔިތުންގެ ޓެކްސް ފައިސާއިން މުސާރަ ނަގަމުންދާ ފަރާތްތަކުގެ ޒިއްމާއަކީ؟ ގައުމެއް ފުނޑިގެންދާއިރު އެ އެއްމެން އެތިބެނީ މޮޅު ވާހަކަ ދައްކާފަ ބަލަން. މީ މިގައުމަށް ފާވި ވޯރާވިޔަފާރިވެރިންނަށްވުރެ އެތައްގުނައެއް ގައުމަށާއި ރައްޔިތުންނަށް ނުރައްކާ އޮތް ބައެއް. ވިސްނާ ބަލަން ތިބޭ މިކަން ދެން ސަހަލު ގޮތަކަށް ނިންމާނުލެވޭނެ…

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *