އަދީބުންކުރެ ބައެއް މީހުން ރަނގަޅު ކަންކަން ނުބައިކުރެޔޭ
ޤަދީމީ އިރުގެ ހެޔޮކަންކަން ދަލީލެއް ނެތި ނުބައި ކުރެޔޭ
ސަނާ، ތާރީފު، ޙަމްދު އެއީ، ލުޣަތުގައި ވަކިބަހެއް ޚާލިިޞް
މަނާކަމަކަށް އެލަފުޒުގެ "ކަން" ވެގެންދާނޭ ގޮތެއް ނުވެޔޭ
ނުލާތީހޭ ނިދާފައި އޮވެ ބަހުން ޙުކުމެއް ފަހުމު ނުވަނީ
ކުލާހެއްގައި ކިޔެވިނަމަވެސް އުނބެއް ނަމަ ބޯ ގަމާރުވެޔޭ
ކުރާ ހެޔޮކަންކަމަށް ސާބަސް ދެވެން ވާނޭ ބަހާ ޢަމަލުން
މުރާދުގެ ބޭނުމެއް ކަމުގައި ދެވޭ ހިތްވަރު ނުބައިނުވެޔޭ
ޝަރީޢަތުގައި ކުށެއްކަމުގައި ނުވާކަންކަން ނުބައިކޮށްފައި
ބަރީޢަވެގެން އެފާފަ ބޮލުން ނަގައި އެއްލައި ލެވުންނުވެޔޭ
އުޞޫލުއްދީން ނުދަނެ އަމުދުން ތިމާހީކޮށް އުޅޭގޮތަކީ
އުޞޫލުތަކޭ ހިތައިގެން ހުރެ ޙުކުމް ކުރުމެއް ހެވެއް ނުވެޔޭ
އެނގޭހެއްޔޭ ދެވޭ ސާބަސް އެއީ ބާރެއްކަމެެއް ހެޔޮވީ
އެނގޭ ހެއްޔޭ ޚުޝާމަދަކީ ސާނާ ތާރީފަކަށް ނުވެޔޭ