Support Us

ކުރު ވާހަކަ: ކުޑައަކުން ބަޑިޖަހައި ސިންގާއެއް މަރާލުން

އުމުރުން އަށްޑިހަ އަހަރުވީ އަލިބެގެ އަހަރީ ޗެކްއަޕު ހަދަން ޑަކުޓަރު ގާތަށް ދިޔައެވެ. އަލިބެ ކުރެން، ހާލުއަހުވާލު ޑަކުޓަރު އަހާލިއެވެ.

އަލިބެ ބުންޏެވެ. "ވަރަށް ވެސް ރަނގަޅެވެ. ހަޔާތް ވަރަށް ވެސް އުފާވެރިއެވެ. ދާދި ފަހުން އަށާރަ އަހަރުގެ ރީތި ޒުވާން ކުއްޖަކާ އިނީމެވެ. މިހާރު އޭނާ އިނީ ބަލިވެއެވެ."

ދެން ޑަކުޓަރު ހީލާފައި ބުންނެވެ. ވަރަށް ބަރާބަރެވެ. ތިކަހަލަ ވާހަކައެއް އަހަރެން ވެސް އަޑު އެހީމެވެ. އަހަރެންގެ ރައްޓެސަކު ކިޔައިދިން ވާހަކައެކެވެ. އޭނާއަކީ ޝިކާރަކުރުމުގެ މާ ބޮޑު މީހެކެވެ. އެއްދުވަހު އޭނާ ޝިކާރައަށް ނިކުތެވެ. އަވަސް އަރައިގެންފައި ހުރި ވަރުން، ބަޑީގެ ބަދަލުގައި އޭނާއަށް ގެންދެވުނީ ކުޑައެކެވެ. ދެން ޖަންގަލީގެ ތެރެއަށް ވަދެގެން ދިޔަތަނާހެން ކުރިމަތިން ފެނުނީ ބޮޑު ސިންގާއެކެވެ. ބަލާކަށް ނުހުރެ، ސިންގާއާ ދިމާކޮށްފައި، ކުޑަ ހުޅުވާލިއެވެ. އަޖައިބަކަށްވީ ކުޑައިން ވަޒަނެއް ނިކުމެ، ސިންގާއަށް އެ ވަޒަން އަރައި، ސިންގާ މަރުވެގެން ވެއްޓުމެވެ.

ދެން އަލިބެ ބުންޏެވެ. "ތިޔައީ ވާނޭ ކަމެއް ނޫނެވެ. ތިވާނެ ގޮތަކީ އޭނާގެ ފަހަތުން އައި ކޮންމެ ވެސް އެހެން މީހަކު އެ ވަތުގު ބަޑި ޖަހާނީއެވެ!"

ދެން ޑަކުޓަރު ބުންޏެވެ. "މަށަށް ވެސް ހީވަނީ ތިހެންނެވެ. އެވެސް އަދި ތިވެސް ވާނީ ހަމަ އެހެން މީހެއްގެ ކަމަކަށެވެ!"