ޒިންމާއަކީ ހިތަށް އޮތް، އެ ހަނދާންތަކާއި އޮޅުލުން
ވިންދުން އަމުރު ކުރީމާ ކިޔަމަންވެ ބޯލަނބާލުން
ލޯތްބަށް ތަބާވި ހުރިހާ މަޒުހަބުތަކެއް ގެނެސްދިން
ލޯތްބާ ޖުނޫނު، ބުނެދޭ ތަފްސީލުތައް ކިޔާލުން
ރުހުމާއެކީ އުފަންވާ ލޯތްބާއި އޭގެ އަސްލާ
ދަހިވެތި ޝުޢޫރު އުފެދޭ ޖަޒުބާތުތައް ގުޅާލުން
ތާޒާ ޚިޔާލުތަކަކަށް ތަރުހީބުދޭން އެދޭނަމަ
މާޒީގެ ނިވަލުގައިވާ ފުން ޒަޚަމުތައް ގުނާލުން
ދިން ރާހަތާއި އުފަލާ، ހިތި ވޭންތަކާއި އަސަރާ
އިންސާފުވެރި ތަރާދުން ބުރަދަން އަޅާ ކިރާލުން
ހިތް އޭގެ ޒާތުގައި ދީ އަބަދަށްމެ ހިބަކުރީމާ
އޮތް ބަދަލަކީ ކޮބައިކަން އޭނާ ކުރެން އަހާލުން