Support Us

މަޣްރިބުން އިސްރާއީލާއެކު ދިފާޢީ އެއްބަސްވުމެއް ހަދައިފި

މަޣްރިބާއި އިސްރާއީލާ ދެމެދުގައި "ދިފާޢީ" އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފިއެވެ. މަޣްރިބުގެ ވެރިރަށް ރިބާޠުގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ މަޣްރިބުގެ ދިފާޢީ ވަޒީރު ޢަބްދުއްލަޠީފު ލޫދީއާއި އިސްރާއީލުގެ ދިފާޢި ވަޒީރު ބެނީ ގެންޓްސްއެވެ.

މި ދިފާޢީ އެއްބަސްވުމުގެ ސަބަބުން އެ ދެ ޤައުމުގެ ދެމެދުގައި ޖާސޫސީ މަސައްކަތްތަކުގައި އެއްބާރުލުގެ އިތުރަށް އެ ދެ ޤައުމުގެ ސިފައިން ގުޅިގެން ތަމްރީނުތައް ބޭއްވުމާއި އިސްރާއީލުން ސަލާމަތީ ހަތިޔާރުތައް ގަންނަން މަޣްރިބަށް ލިބުމާއި އެ ދެ ޤައުމުގައި އުފައްދާ އެއްޗެހީގެ ވިޔަފާރީގެ މުޢާމަލާތުތައް ބަދަލު ކުރުމަށް ދޮރުތައް ހުޅުވިގެން ދާނެއެވެ. މިއީ ޢަރަބި ޤައުމަކާ އިސްރާއީލާ ދެމެދުގައި ދިފާޢީ އެއްބަސްވުމެއް ޤާއިމު ކުރެވުނު ފުރަތަމަ ފަހަރެވެ. އިސްރާއީލާއެކު ސިޔާސީ ގުޅުން އެންމެ ފުރަތަމަ ޤާއިމު ކުރި މިޞްރާއެކުގައި ވެސް މިފަދަ އެއްބަސްވުމެއް އިސްރާއީލަށް ވަނި ނެހެދިފައެވެ.

އިސްރާއީލު ބުނާގޮތުގައި މި އެއްބަސްވުމުގެ ސަބަބުން އިސްރާއީލުގެ މަތީފެންވަރުގެ ފަންނިއްޔާތު ހިމެނޭ ަލާމަތީ ހަތިޔާރުތައް މަޣްރިބަށް ވަރަށް ފަސޭހަކަމާއެކު ލިބޭނެއެވެ. އަދި މީގެ އިތުރަށް "ސަލާމަތީ ކަންކަން ހިންގުމަށް ޓަކައި" އިސްރާއީލާއެކު ކަންކަން ރޭވޭނެއެވެ. އަދި ފަންިއްޔާތުގެ މައިދާނުގައި ކުރިއަށް ދިޔުމަސް ޓަކައި އިސްރާއީލާއެކު ބައިވެރިވެ މަސައްކަތް ކުރެވޭނެއެވެ.

އިސްރާއީލުގެ ދިފާޢީ ވަޒީރު ގެންޓްސް ސިފަކުރެއްވި ގޮތުގައި މިއީ "ވަރަށް ތާރީޚީ" އެއްބަސްވުމެކެވެ. ގެންޓްސްގެ މި ޒިޔާރަތަކީ މަޣްރިބާ އިސްރާއީލާ ދެމެދުގައި ގުޅުންތައް ޠަބީޢީ ކުރެވުނުފަހުން ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. ގެންޓްސްގެ މި ރަސްމީ ދަތުރުފުޅު ފެށްޓެވީ އިއްޔެއެވެ. މިއީ ދެ ދުވަހުގެ ދަތުރުފުޅެއް ކަމަށް އިސްރާއީލުން ބުންޏެވެ.

ފްރާންސް 24 ޓީވީ ޗެނެލް އިސްރާއީލުގެ މަސްއޫލުވެރިއަކާ ޙަވާލާދީ ބުނިގޮތުގައި މި ދަތުރުފުޅުގެ އަމާޒަކީ "ކުރިމަގުގައި އިސްރާއީލާއި މަޣްރިބާ ދެމެދުގައި ސަލާމަތީ ގުޅުންތަކާ ބެހޭ ބިންގަލެއް އެޅުމެވެ."

އިސްރާއީލުގެ ދިފާޢީ ވަޒީރު ގެންޓްސް އިއްޔެ މަޣްރިބުގެ ރަސްގެފާނު (ފަސްވަނަ މުޙައްމަދު) ފަސްދާނު ލެވިފައިވާ މަޤްބަރާއަށް ޒިޔާރަތް ކުރައްވާ މާބޮނޑިއެއް ބޭއްވެވިއެވެ.

ޢާންމު ރައްޔިތުންގެ ތާއީދެއްނެތް

އިސްރާއީލުގެ ދިފާޢީ ވަޒީރު މަޣްރިބަށް ދަތުރުފުޅެއް ކުރައްވާނެކަން އިޢުލާނުކުރުމާވިދިގެން މަޣްރިބުގެ ރައްޔިތުން މި ދަތުރުފޅާ ދެކޮޅަށް މީސްމީޑިއާގައި ޓްވީޓްތައް ދަނީ ކުރަމުންނެވެ. "ޖައްލާދު ގެންޓްސްއަށް" މަރްޙަބާ ނުކިޔާނެ ކަމަށް މި ޓްވީޓްތަކުގައި އައިސްފައިވެއެވެ. މަޣްރިބުގެ ޢާންމު ދެ ޖަމްޢިއްޔާއަކުން މި ދަތުރުފުޅާ ދެކޮޅަސޤ ވަކިވަކިބް ވަނީ ބަޔާންތަކެއް ނެރެފައެވެ. މި ޖަމްޢިއްޔާތަކުން ވަނީ މި މަހުގެ 29ވަނަ ދުވަހު ފަލަސްޠީނުގެ ރައްޔިތުންނަށް ތާއީދުކޮށް މުޅި މަޣްރިބުގައި މުޒާހަރާތައް ބޭއްވުމަށް ގޮވައިލައިފައެވެ. މި މަހުގެ 29ވަނަ ދުވަހަކީ ފަލަސްޠީނު މީހުންނާއެކު އެއްބާރުލުމުގެ ބައިނަލްއަޤްވާމީ ދުވަހެވެ. މި ޖަމްޢިއްޔާތަކުން ވަނީ މަޣްރިބުގެ ބަރްލަމާނުގެ ކުރިމަތީގައި ގެންޓްސްގެ ދަތުރުފުޅާ ދެކޮޅަށް މިއަދު އިޙްތިޖާޖެއް ބޭއްވުމަށް ގޮވައިލައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *