ހިތް، ހިތާ ކުރަމުންދެއޭ ހަނގުރާމައެއް ރުޅިއާނުލައި
ހިތް ވަރަށް ދަތި ހިތް، އުމީދުގެ ވެރި ހިތާ ހުއްޓައިނުލައި
މެދުފޮއަސް ބަނަ އުޑުމަތީން ހަނދު ކިހިނަކުންހޭ ފެންނަނީ
ތެދު ޙަޤީޤަތް ބުނެދެމުން ދޭ ހިތް، ހިތަށް އޮޅުވައިނުލައި
ބޯ ވިލާތައް އުޑުމަތީގައި މުށުތެރޭ ހަަނދު ފޮރުވިޔަސް
ލޯ ވިދާ ފެންނާނެއޭ އަދި، ހިތްބުނޭ ޝައްކާ ނުލައި
އޮށް އުމީދުގެ އިންދި ހިތުގައި ކޯދުލާ ދުވަހެއް ނަޔަސް
ވޮށް އުމީދުގެ ހިތުތެރޭގައި ހުންނަނީ ނިއްވައި ނުލައި
ވޭނުގައި ޝާހިދުގެ ހިތް މަސަލަސްނުވާ، ގިސްލައި ރޮއޭ
ފޭނުވާ އުންމީދު ހިތް މަސަލަސް ކުރޭ ރޮއްވައިނުލައި