ލޯބި ކުޅެލީއޭ ހިތާ އިހުސާސަކުން އެނގުމެއް ނުވާ
ގޯހަކަށް ވުން ދާދި ގާތޭ ގެއްލިދާ ފަދަ އަތުނުވާ
ކީއްވެހޭ ތިޔަ ފުން އިޝާރާތް މާނަވީ ދެލޮލުން ދެނީ
ވީއްލެނީއޭ ހިތުގެ ވާފަށް ސިކުނޑި އަށް ކިޔަމަން ނުވާ
ލޮލުގެ ލެންސަށް ހިޔަނިވީ ހިނދު މާދުރުން ހަސްތީ ވިދާ
ބޮލުގެ ކެމެރާ ކުރަހަނީއޭ ސޫރަ ކުލަތައް ފަނޑު ނުވާ
ނުވެގަޔާ ނިދި ތަންމަތީ އޮވެ ފުރޮޅިލީ ހިނދު ދެބަ ވެލާ
ހުވަފެނުގެ އާލަމް ފުރާލީ ރޭ ދުވާ ހެން ވަކި ނުވާ
މަލުގެ ލުޠުފީ ކަރުގަނޑުން ފޮނުވާ ޝަބިމް ދޭ ރާހަތީ
ރަލުގެ ނޫނޭ މަސްތު އޭ ލޯބީގެ ޒަހަރޭ މަރު ނުވާ
ލޭގެ އާދޭސް ކަރުނަވީ ދެލޮލުން އޮހޭ ދޭއިރު ފިދާ
މޭގެ ދިޔަ ފެލަމުން ދަނީއޭ ބާރަކުން ރުހުމެއް ނުވާ
ބޭވަފާ ކުރަނީ ޒަޚަމް ލޯބީގެ މަތިވެރިވީ ވަފާ
ދޭހުގައި އަރަތެއް ކޮބައިހޭ ޢިޝްޤު ފަދަ ފަހުމެއް ނުވާ