...

Support Us

އުނގޫފާރުގައި ކުޑަ ކުއްޖަކާ ބަދުއަހުލާގީ އަމަލެއް ހިންގި މައްސަލައެއްގެ ތަހުގީގަށް ބަންގާޅީއަކު ހޯދަނީ

ރ. އުނގޫފާރުގައި ކުޑަ ކުއްޖަކާ ބަދުއަހުލާގީ އަމަލެއް ހިންގި މައްސަލައެއްގެ ތަހުގީގަށް ބަންގާޅީއަކު ހާޒިރުވުމަށް އަންގައި، އެ މީހާގެ ފޮޓޯ އާއި ވަނަވަރު ފުލުހުން އާންްމުކޮށްފިއެވެ.

ފުލުހުން ބުނީ  އުނގޫފާރު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ކުޑަ ކުއްޖަކާ ބަދުއަހުލާގީ އަމަލެއް ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީ އާއި އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ ދަށުން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށެވެ.

ތަހުގީގަށް ހާޒިރުވާންޖެހޭ މީހާގެ މައުލޫމާތު: 

ހާޒިރުވާންވީ ފަރާތުގެ ފުރިހަމަ ނަމާއި ގައުމު އަދި އުމުރު: އިބްރާހިމް މުޙައްމަދު، ބަނގްލަދޭޝް (36 އަހަރު)

ޕާސްޕޯޓް ނަންބަރު: AB4430714

ހާޒިރުކުރެވޭ ހައިސިއްޔަތު: ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލެއް ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަހުގީގުގައި ސުވާލުކުރުމަށް

ހާޒިރުވާންޖެހޭ ތަނާއި ތާރީޚާއި ގަޑިރ. އުނގޫފާރު ޕޮލިސް ސްޓޭޝަން، 2021 ނޮވެމްބަރު 15 ވަނަ ދުވަހުގެ 10:00 އަށް

ރ. އުނގޫފާރު ޕޮލިސް ސްޓޭޝަން ނަންބަރު: 9791508

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *