Support Us

ފާނަ މަސްވެރިންގެ ފުޓުސަލް ޗެމްޕިއަންކަން "ޖަވާހިރު-2″ އަށް

ފާނަ މަސްވެރިންނަށް ހާއްސަކޮށްގެން ރާއްޖޭގައި ބޭއްވި ފުރަތަމަ ފުޓުސަލް މުބާރާތުގެ ޗެމްޕިއަންކަން "ޖަވާހިރު-2″ ހޯދައިފިއެވެ. މިއަދު ހަވީރު ކުޅުނު ފައިނަލްގައި "ރަސްމަގު-4″ ދޯންޏާ ވާދަކޮށް "ޖަވާހިރު-2″ މޮޅުވީ 6-3ންނެވެ.

ފާނަ މަސްވެރިކަމަށް މަޝްހޫރު ފ. ބިލެތްދޫގެ ޕޮލިސް ސްޓޭޝަނުން އިންތިޒާމްކޮށްގެން އޮކްޓޫބަރ 18-23 އަށް ބޭއްވި މި މުބާރާތުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޖަވާހިރު-2 ދޯނީގެ ޝިފުނީޒު ނާސިރެވެ. އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކަށް ހޮވުނީ ރަސްމަގު4 ދޯނީގެ ވިޝާމް ހަލީލެވެ. އޭނާ 18 ގޯލު ޖެހިއެވެ.

މުބާރާތުގެ ފެއަރ ޕްލޭ ޓީމަކަށް ހޮވުނީ ރަސްފަރި ދޯންޏެވެ. އުމުރުން އެންމެ ދުވަސްވީ ކުޅުންތެރިޔާގެ އިނާމު ލިބުނީ ޖަވާހިރު-2ގެ އީސަބެއަށެވެ.
އެންމެ އުއްމީދީ ކުޅުންތެރިޔަކަށް ހޮވުނީ ރަސްމަގު-4ގެ ޝާވިލް ޝާމިލްއެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިން
ޝިފުނީޒު ނާސިރު: ޖަވާހިރު-2
ވިސާމް ހަލީލް: ރަސްމަގު-4
އަހުމަދު ހަސަން: ކަޅިރަވަ-3
ފައުޒާން ފަވާޒު: ޖަވާހިރު-2
ހިސާން: ރަސްފަރި

"ޖަވާހިރު-2″ އާއި "ރަސްމަގު-4″ގެ އިތުރުން މުބާރާތުގައި ދެން ވާދަކުރީ "ރަސްފަރި" އާއި "ކަޅިރަވަ-3″ އާއި "ފުރާވަރު-3″ އަދި "ރަސްމަގު-2″ އެވެ. ލީގު މެޗުތައް ނިމުނު އިރު "ޖަވާހިރު-2″އަށް އެންމެ ކުރި ލިބުނީ ފަސް މެޗު ކުޅެގެން 13 ޕޮއިންޓް ލިބިގެންނެވެ. "ރަސްމަގު-4″ އަށް ދެ ވަނަ ލިބުނީ 11 ޕޮއިންޓް ލިބިގެންނެވެ. އެއްޗެސް މެޗަކުން މޮޅުނުވިޔަސް، ދެ މެޗުން އެއްވަރުވުމުގެ ސަބަބުން "ފުރާވަރު-3″ އަދި "ރަސްމަގު-2″ ޓޭބަލްގެ ފުލަށް ދިޔައީ އެންމެ ޕޮއިންޓަކާ އެކުގައެވެ. ފަސް މެޗު ކުޅުނު އިރު "ރަސްމަގު-2″ގެ ގޯލަށް 40 ލަނޑު ވަދެފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *