...

Support Us

ވަރަށް ފޯރި ގަދަ- އަލީ ވަހީދުގެ ޓްވީޓާއެކު އޭނާ ގަންބައިލައިފި

މުޅި ރާއްޖެއަށް ވިއްސާރަވެ، ވަޔާއި ކަނޑުތައް ގަދަވެގެން ދަތުރުވެރިން ސަމާލުވުމަށް އިންޒާރުތައް ނެރެފައި ވަނިކޮށް މާލެއިން ފުރައިގެން ވާވު އަތޮޅަށް ދަތުރުކުރި ފެރީ ލޯންޗަކަށް ރާޅެއް ޖެހުމުގެ ސަބަބުން ވިއްސައިގެން ގޮސް ކަނޑަށް ވެއްޓި، އޭގެން ދަތުރުކުރި 33 އަހަރުގެ އަންހެނަކު މަރުވެ، އޭނާގެ ދަރިއަކު އިއްޔެ ހަވީރު ވަނީ ގެއްލިފައެވެ. ކަނޑުފީނައިގެން މިހާތަނަށް ކުރި މަސައްކަތުން ވެސް އުމުރުން ހަތަރު އަހަރުގެ ދަރިފުޅުގެ ހަބަރެއް ވަނީ ނުވެފައެވެ.

މި ހާދިސާގެ ވާހަކަތައް މީސްމީޑިއާގައި ރޭ އެންމެ ފޯރި ގަދަވި ވަގުތު، މިހާރު އިނގިރޭސިވިލާތުގައި ހުންނެވި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، ދަތުރުވެރިންގެ ރައްކާތެރިކަމާއި ސަލާމަތަށް އޭނާގެ ޚިޔާލެއް ފެންމަތިކޮށްލެއްވިއެވެ.

"ކަނޑުދަތުރު ކުރުން ވަގުތީ ގޮތުން މަނާ އެލާޓެއް ރާއްޖޭގެ މޫސުމަށް މުހިންމު،" އަލީ ވަހީދު ޓްވީޓު ކުރެއްވިއެވެ. އެއާއެކު ގިނަ ބަޔަކު އޭނާއަށް ހަމަލާދީ، ގަންބައިލިއެވެ.

ތިރީގައި މިވަނީ އަލީ ވަހީދުގެ މި ޓްވީޓަށް އެކި މީހުން ދީފައިވާ ރައްދެވެ.

އައިޝް: މަނާކުރިޔަސް މީހުން ފުރައިގެންދޭ މި ޒަމާނުގައި، ޕާސްޕޯޓް ހިފެހެއްޓިޔަސް ދެވޭވިއްޔަ

ފާތުމަތު: ދަތުރުކުރުން މަނާކޮށްފައި އޮއްވައި ނޫންތޯ ތިބޭފުޅާވެސް ދަތުރުކޮށްފައި ތިޔަ ދިޔައީ ރާއްޖެ ދޫކޮށް އެހެން ގައުމަކަށް. މޫސުން ގޯސްވެ ދަތުރުފަތުރު ނުކުރުމަށް އޮތީ ބުނެފައި ނޫންތޯ. އަލީމެން ކަހަލަ މީހުން އަޑުނާހަ ދަތުރުކުރާއިރު، އާދައިގެ މީހުން ވަކި އަޑުއަހާނެތޯ؟

މުހައްމަދު ޝަހީދު: އަލީ ވަހީދު ދަތުރުކުރުން މަނާ އެލާޓެއް އެބައޮތް

މައުރޫފު: ވައިގަދަވީމަ އެއްކަލަ ގޮތަށް އެންޓަނާ ހިއްލެނީތޯ؟

އަލީއިބްރާ: ކަލޭ މި މީހުން ކައިރީ ހުރިއިރު ތިކަންތައް ކުރަން އުޅުނު ނަމަ ގައިމު ފަސޭހަކޮށް ކުރެވުނީސް ނޫންތޯ؟ މިހާރު ކަލޭ ތިކިޔާ އެއްޗެއް އެމީހުންނަށް އަޑުއިވޭނެހެނެއް ހިޔެއްނުވޭ.

މަހާޖައްރާފު: ތިޔަށްވުރެ އަލީ ރާއްޖެ އައިސް ދައުވާއަށް ޖަވާބުދާރީވުން މާ މުހިންމު. މިނިސްޓަރުން މީހުންގެ ޅަ ދަރިން ގަޔަށް އަތްލުން އާންމު ކަމަކަށް ވެދާނެތީ.

ހެމަރހެޑް: ވަހުޝީ މީހުންގެ ދަފުތަރެއްވެސް އެބަޖެހޭ އެކުލަވައިލަން. އަންހެން ކުދިންގެ ސަލާމަތަށްޓަކައި.

ހަކުރުހުސް: އާދެ ކޯޓުތަކަށް ފިލައިގެން އުޅޭ ކުށްވެރިންވެސް ސޯޝަލް މީޑިއާތަކުން ބޭންކުރަންޖެހޭ. ވަގުންނާއި ކުށްވެރިން ތިބެންޖެހޭނީ ޖަލުގައި.

މިތުރުއޮއްބޮ: ކަލޭކަހަލަ ހަރާމީން ގިނަވެގެން ގޮސް މި ރާއްޖެއަށް މުސީބާތް ގިނަވެގެން މި އުޅެނީވެސް.

ހާމް: ސުޕްރީމު ކޯޓުގައި ރެޑް އެލަރޓް އެބައޮތް.

ޓަޓާސް: ތިތާ ޔޫކޭގައި އަޗާތަޅަން ނޯވެ ރާއްޖެ އާދެބަލަ ތި ވާހަކަ ދައްކަން.

ހަސަން ޝާހިދު: ކަންކަން މަނާކުރުމާއި ކަންކަން މަޖްބޫރުކުރުން ނޫން ގޮތެއް ހޯދަންޖެހެނީ.

އެމް.ޑީ.ޕީ ގައްދޫ ވާދޫ: އަޅެ ކަލެޔަށް ނޭނގޭ، ނުބެހޭ ކަމެއްވެސް ނޯވޭދޯ؟ ޑިޒާސްޓަރ އާއި މީޓިއޮރޮލޮޖީ ވެސް ކަލެޔާ ހަވާލުކުރަންވީ ޓޫރިޒަމް ހިންގަން އުޅުނު ގޮތަށް. ބަލަ ކަލެޔަށް މިހާރު އެންމެ ގުޅެނީ ޖަލުގެ ކުޑަގޮޅި. މިހާރު ތީ ކުނިގަނޑެއް ހުރިހައި ޕާޓީއަކުން ބޭރުކޮށްފައި.

ހަސަން ކުރުސީ: ރޭޕްކުރުން ހުއްޓުވޭނީ އެކަން ކުރާ މީހުން ހިފައި ހައްޔަރުކޮށް ފުރައިގެން ނުދެވޭ ގޮތަށް ބަންދުކޮށްގެން.

ޑރ. ވަޝީގެފާނު: ރޭޕިސްޓުން ގޮޅީގައި އޮންނަންޖެހޭ އެލަރޓް އެއް ނެރުން ވެސް މުހިންމު.

މިއިން އެއްވެސް ޓްވީޓަކަށް އަލީ ވަހީދު ރައްދެއް ނުދެއްވައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
21
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *