Support Us

ޅެމަކާއި އޭގެ މާނަކޮށްލުމެއް

إذا ما قال لي ربي أما استحييت تعصيني..؟

އަހުރެންގެ ސާހިބުވަންތަ ރަސްކަލާނގެ އަހަންނަށް ވިދާޅުވިއެވެ. "ކަލޭ ތިޔަ ތިމަންރަސްކަލާނގެއަށް އުރެދެނީ، ކަލޭގެ ކިބައިގައި ލަދުވެތިކަމުގެ ކަންފުޅެއް ވެސް ހަމަ ނެތީމަ ހެއްޔެވެ؟

وتُـخفي الذنبَ عن خلقيَ وبالعصيانِ تأتيني

ކަލޭގެ ކުށްފާފަތައް މީސްތަކުންނަށް ފޮރުވައި، އުރެދުންތަކަށް އަރައިގަންނަނީ އެހެންވެ ހެއްޔެވެ؟

فكيف أجيبُ يا ويحي ومن ذا سوف يحميني؟

މި ސުއާލަށް އަހަރެން ޖަވާބުދޭނީ ކިހިނެއްހެއްޔެވެ؟ އަހަންނަށް ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ! އަހަރެން ދިފާއުކޮށްދޭނީ ކާކު ހެއްޔެވެ؟

أسلي النفس بالآمالِ من حينٍ الى حينِ

ކަންކަން ކުރުމުގެ އުއްމީދުތައް، ދޭތެރެ ދޭތެރެއިން، ހިތަށް ގެނެސް، ހިތް ހަމަޖައްސައި (އަހަރެންގެ ހިތް) އުފާކޮށްދެމެވެ

وأنسى ما وراء الموت ماذا سوف تكفيني

މަރުގެ ފަހަތުގައި އޮތީ ކޮން ކަމެއްގެ މަތިންނާއި، (އެ ވަގުތު) އަހަންނަށް ފުދެން އޮންނާނީ ކޮންކަމެއްގެ މަތިންކަން ވެސް ހަނދާންނައްތާލާފައެވެ.

كأني قد ضّمنتُ العيش ليس الموت يأتيني

ދުނިޔަވީ ދިރިއުޅުމާއި އަހަރެންގެ ހުރިހާ ކަމެއް ޖާމިނުކޮށް، މަރު އަހަރެންގެ ކައިރިއަށް ނާންނާނެކަމަށް ދެކޭ ކަހަލައެވެ

وجاءت سكرة الموت الشديدة من سيحميني؟؟

ދެން، މަރުގެ ވަރުގަދަ އުނދަގޫތައް ކުރިމަތިވުމުން އަހަރެން ހިމާޔަތްކުރާނީ ކާކު ހެއްޔެވެ؟

نظرتُ الى الوُجوهِ أليـس منُهم من سيفدينـــي؟

(އެ ވަގުތު) މީސްތަކުންގެ މޫނުތަކަށް ބަލާލައި، އެމީހުންގެ ތެރޭގައި އަހަންނަށްޓަކައި އެމީހުންގެ ނަފްސު ފިދާކޮށް، ގުރުބާންކޮށްލައި އަހަރެން ސަލާމަތްކޮށްދޭނީ ކާކުތޯ (އަހަރެން ހިތާ ހިތުން ބުނާނެއެވެ)

سأسأل ما الذي قدمت في دنياي ينجيني

އަދި އަހަރެންގެ ނަފްސާ ސުއާލުކޮށް އަހަރެން އަހާނެއެވެ. އަހަރެން މިންޖުކޮށް، ސަލާމަތްކޮށްދޭން، ދުނިޔޭގައި ހެޔޮކަމެއްގެ ގޮތުގައި އަހަރެން ކުރީ ކޮން ކަމެއް ހެއްޔެވެ؟

فكيف إجابتي من بعد ما فرطت في ديني

އަހަރެންގެ ދީނީ (ވާޖިބާތުތަކާ) މެދު، ފަރުވާކުޑަކޮށްލެވިފައި އޮތުމުން، (މި ސުއާލާ މެދު) އަހަންނަށް ދެވެން އޮންނާނީ (އަހަންނަށް ފައިދާކުރުވަނިވި) ކޮން ޖަވާބެއް ހެއްޔެވެ؟

ويا ويحي ألــــم أسمع كلام الله يدعوني؟؟

އަހަންނަށް ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ! މާތްރަސްކަލާނގެ ކަލާންފުޅު އަހަންނަށް ދައުވަތުދީ ގޮވައި ހެދި އަޑު އަހަންނަށް ނީވުނީ ހެއްޔެވެ؟

ألــــم أسمع بما قد جاء في قاف ويسِ

ޤާފު ސޫރަތާއި ޔާސީން ސޫރަތުގެ (ހަނދާންކޮށްދިނުމުގެ) ވާހަކަތައް އަހަންނަށް އަޑު ނީވެނީ ހެއްޔެވެ؟

ِألـــم أسـمــع بيـوم الحـشر يوم الجـمع والدين

މަހުޝަރު ދުވަހުގެ ވާހަކައާއި (އަލުން ދިރުއްވައި) މީސްތަކުން އެއްކުރައްވައި ހިސާބު ބައްލަވައި ޖަޒާދެއްވާނޭ ދުވަހުގެ ވާހަކަ އަހަރެން ނާހަނީ ހެއްޔެވެ؟

ألـــم أسمع مُنادي الموت يدعوني يناديني

މަރުގެ ގޮވުން ދައުވަތު ދީ އަހަންނަށް ގޮވި އަޑު ނީވުނީ ހެއްޔެވެ؟

فيا ربــــاه عبد تـائب من ذا سيؤويني؟

އަޅުގެ ސާހިބުވަންތަ ރަސްކަލާނގެއެވެ! ތައުބާވާނެ އަޅަކު (ކޮބާތޯއެވެ؟) މި އަޅާއަށް (ދެން) ހިމާޔަތްދޭނީ އަޅެ ފަހެ ކާކު ހެއްޔެވެ؟

سوى رب غفور واسع للحقِ يهدييني

ހައްގުގެ މަގަށް އަހަންނަށް މަގުދައްކައި ފާފަ ފުއްސެވުމުގައި ތަނަވަސް ވެގެންވާ ސާހިބުވަންތަ ރަސްކަލަކު ފިޔަވައެވެ.

أتيتُ إليكَ فارحمني وثقــّـل في موازيني

މިއަޅާ މިހުރީ އިބަރަސްކަލާނގެ ހަޟުރަތަށް އައިސް ހާޒިރުވެއެވެ. ފަހެ، މިއަޅާއަށް ހެޔޮ ރަހުމަތް ލައްވައި މިއަޅާގެ (ހެޔޮކަމުގެ) ބަރުކުކޮށްދެއްވާނދޭވެ!

وخفَِّف في جزائي أنتَ أرجـى من يجازيني

އަދި، އަޅުގެ (ހިިސާބު ބައްލަވައި އަޅާއަށް) ޖަޒާދެއްވުމުގައިި އަޅާއަށް ލުއިިކޮށް ކަންތައް ކުރައްވާށިއެވެ! އަޅާއަށް (ހެޔޮ) ޖަޒާދެއްވުމުގައި އެންމެ ބޮޑަށް އެދެވެނީ އިބަރަސްކަލާނގެ ކިބަފުޅުންނެވެ.

 

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *