Support Us

ކަރުނަޔަށް ކުރި އިލްތިމާސް

ކަރުނަޔާ ވަކި ވާށެ ރަވައިން ހަރުވެގެން ނޯވޭ ތިހެން!
ބަރު ހިތަށް ލުއިވާނެ ފަދައިން ކަރުނައޭ ދާށޭ އޮހެން!

​ފޫދެމުން އަދި ފިރުކެމުން ހުރެ ލޫދިގެން ކޯތާފަތުން
​ފޭދެމުން މަތިވެރި ބިމަށް ދާށޭ އެޔާއެކުގައި ހިނދެން!

​ދާއިމަށް ތިޔަހެން އޮތުން ވަކި ލާއިޤެއް ނުމެވޭ އެނގޭ
ޝާއިރީ ހެޔޮބަސް އަހައިގެން ދާށެ ދެލޮލާ ވަކިވެގެން!

ވޭހެ އިންސާނެއް މިތާންގައި ވޭނުގައި ގިސްލާ ނުރޯ؟
ދޭހެ ހުރިހާ ހުވަފެނެއްގައި ފަރަޤު ނުވެ ކުލަ ޖެއްސިގެން؟

ރަމްޒަކަށް ދެރަޔާއި އިޝްޤުގެ ޙަމްދުކޮށް އުފަލަށް ފުދޭ
އަމްދަކުން ރުޅިޔާ ގުޅޭ އަސަރާއެ ދާށޭ ގޮސް ހިލެން!

ހިތް ގެނބެންދެން ނުއޮވެ ތިޔަހެން ކެތްކުރަން ދަތިވާ ވަރަށް
ހިތް ޣަރަގު ނުވަނީސް ޖަމާވީ ތިކިތަކައި ދާށޭ އޮހެން!

ކަރުނަ ތިޔައީ ހިންމަތޭ އަދި ދަރުމައެއް ހުރި ބާރެކޭ
ހަރު އަޑުން ހިތްވަރު ދެމުން ތަކުރާރު ކުރެވޭނީ މިހެން!

އެއްތިކިން ބުނެދޭ އެތައް ހާސް ބަސްތަކެއް ދޫ ނުކުޅެދޭ
ހެއްކަކަށްވެސް ފަރުޖެހޭ އިނބަ ދާށެ އެކުލެވި ފޭދިގެން!

ހިންމަތުން "ޝާހިލް" މިދެންނެވި ޢިލްތިމާޒަށް ވިސްނަވާ
އިންދިރާސީ ދުނިޔެއާ ދާށޭ އެކީގައި ވަކިވެގެން!

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *