Support Us

ނިޒާމެއްނެތި ކުރެވޭ ހިޖްރަތައް ހުއްޓުވުމާ ބެހޭގޮތުން މަރކްލްއާއި އުރްދުޣާން މަޝްވަރާކުރައްވައިފި

އުޞޫލެއްނެތި ޔޫރަޕަށް މީހުން ކުރާ ހިޖްރަކުރުންތަކާ ބެހޭގޮތުން ތުރްކީގެ ރައީސް އުރްދުޣާނާއި ޖަރްމަނުގެ މުސްތަޝާރާ އެންޖެލާ މަރކްލާ އިސްތަންބޯލުގައި އިއްޔެ ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.

މި ދެ ބޭފުޅުންގެ ބައްދަލު ކުރެއްވުމަށްފަހު ބޭއްވެވި ނޫސް ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މުސްތަޝާރާ މަރކްލް ހާމަކުރެއްވި ގޮތުގައި އުޞޫލެއްނެތި ޔޫރަޕަށް މީހުން ހިޖްރަކުރާ ކުރުން ހުއްޓުވުމަށް ޓަކައި ޔޫރަޕްގެ އިއްތިޙާދުން ތުރްކީއަށް އެހީވާނެއެވެ. އޭނާ ވިދާޅުވިއެވެ. "އަޅުގަނޑުމެންގެ އަމާޒަކީ އިންސާނުންގެ ވަގުފާރި ހުއްޓުވުމެވެ. މި ކަމަށް ޓަކައި ތުރްކީއަށް އެހީވުމަކީ ޟަރޫރަތެކެވެ. އަދި އެއީ އަސާސީ ޝަރްޠެކެވެ."

މަރކްލް ވިދާޅުވިގޮތުގައި އެބޭފުޅުން ޔޫރަޕްގެ އިއްތިޙާދަށް ތުރްކީ ވެއްދުމުގެ މަސްއަލައާމެދު ވެސް ބަހުސް ކުރެއްވިއެވެ. "މަރކްލް ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "ތުރްކީއާއެކު ގުޅުންތައް ބަދަހި ކުރުމަށްޓަކައި އަޅުގަނޑުމެންނަށް ކުރެވުނު ކަމެއް ކުރާނަމެވެ."

މަރކްލް ވިދާޅުވިއެވެ. "އަޅުގަނޑުމެން ސޫރިޔާއާއި ލީބިޔާގެ ޙާލަތާމެދުވެސް ބަޙުސް ކުރީމެވެ." އެކަމަނާ ވިދާޅުވިއެވެ. "އަފްޣާނިސްތާނުގެ މަސްއަލައަކީ ބައިނަލްއަޤްވާމީ މަސްއަލައެކެވެ. އަފްޣާން މަސްއަލައަށް ޙަޤީޤީ ޙައްލެއް ހޯދައިދިނުމަށް ޓަކައި މަސައްކަތް ކުރުމަށް މަރކްލް ދުނިޔެއަށް ގޮވައިލެއްވިއެވެ.

މަރކްލް ހާމަކުރެއްވިގޮތުގައި ޖަރްމަނަކީ ތުރްކީއާއެކު ގުޅިފައިވާ މަޞްލަޙަތުތަކެއް އޮތް ޤައުމެކެވެ. އެކަމަނާ ވިދާޅުވިގޮތުގައި ޖަރްމަނުގެ އައު ސަރުކާރުން ވެސް މި ކަންކަމަށް ރިޢާޔަތް ކުރާނެއެވެ.

ތުރްކީގެ ރައީސް އުރްދުޣާނުގެ ވާހަކަފުޅުގައި ޖަރްމަނުގައި ޤާއިމުކުރެވޭ އައު ސަރުކާރާއެކު ރަނގަޅު ގުޅުންތަކެއް ޤާއިމު ކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ. އުރްދުޣާން ވިދާޅުވިގޮތުގައި އެ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުންތަކާއި ގުޅިފައިވާ މުއްސަނދިކަމުގެ ތަރަހައަކީ ޖަރްމަނުގައި ދިރިއުޅޭ ތުރްކީގެ މުޖްތަމަޢެވެ.

ތުރްކީގެ ރައީސް ވިދާޅުވިގޮތުގައި ޔޫރަޕްގައި ދިރިއުޅޭ ތުރްކީންނާ ކުރިމަތިވެފައިވާ މަސްއަލަތަކުގެ އެންމެ ކުރީ ސަފުގައި އޮތީ އިސްލާންދީނަށް އޮތް ހަތުރުވެރިކަމާއި ބޭރު މީހުންނަށް ކުރާ ނަފްރަތާއި ނަސްލީ އިމްތިޔާޒުގެ ރޫޙެވެ.

ޖަރްމަނާއެކު ބަދަލު ކުރެވޭ ވިޔަފާރި އަހަރަކު 50 ބިލިއަން ޑޮލަރަށް އިތުރުވުމަށް އުންމީދު ކުރައްވާ ކަމަށް އުރްދުޣާން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *