...

Support Us

ރަޝިޔާގެ ފެނުގެ ސަރަހައްދުތެރެއަށް އެމެރިކާއިން ވަންނަމުންދާ ކަމަށް މޮސްކޯއިން ތުހްމަތުކޮށްފި

ރަޝިޔާގެ ފެނުގެ ސަރަޙައްދުތެރެއަށް ވަންނަން އުޅުނު އެމެރިކާގެ ޑިސްޓްރޯޔަރ މަނަވަރެއް އިއްޔެ ފައްސައި ބޭރަށްލައިފައިވާ ކަމަށް މޮސްކޯއިން ބުނެ އެކަމާ ބެހޭ ވީޑިއޯއެއް ޢާއްމުކޮށްފިއެވެ. އެމެރިކާގެ މަނަވަރު ރަޝިޔާގެ ސަރަޙައްދުތެރެއަށް ވަންނަން އުޅުނީ ރަޝިޔާ- ޗައިނާ ގުޅިގެން ޖަޕާނު ކަނޑުގައި ޢަސްކަރީ ތަމްރީނުތަކެއް ބާއްވަމުން ދަނިކޮށްނެވެ.

ރަޝިޔާގެ ދިފާޢީ ވުޒާރާއިން ނެރުނު ބަޔާނެއް ބުނާގޮތުގައި އެމެރިކާގެ ޗަފީ ޑިސްޓްރޯޔަރ ޖަޕާނު ކަނޑުތެރޭގައި އުޅެމުންދާތާ ދުވަސްކޮޅެއްވެއްޖެއެވެ. މި މަނަވަރު އެ ޤައުމުގެ ފެނުގެ ސަރަޙައްދުތެރެއަށް ވަނީ ހުކުރު ދުވަހު ގްރީންވިޗް ގަޑިން 08:00 ގައެވެ.

ރަޝިޔާއިން ބަޔާން ބުނިގޮތުގައި އެ ވަގުތު އަޑިންދާބޯޓާއި އިދިކޮޅު ރަޝިޔާގެ މަނަވަރު އެޑްމިރަލް ޓްރިބިޔޫޓަސް އެ ހިސާބުގައި އޮވެ އިންޒާރު ދިނެވެ. ރަޝިޔާގެ ބަޔާން ބުނާގޮތުގައި އެމެރިކާގެ ޑިސްޓްރޯޔަރ މަނަވަރަށް އިންޒާރު ދިނީ ރޭޑިޔޯ މެސެޖްތަކުންނެވެ. ޢަސްކަރީ ތަމްރީނުތަކެއް ބޭއްވެމުންދާ ސަރަޙައްދަކަށް ވާތީ އެ ސަރަޙައްދު ވަނީ ބަންދުކުރެވިފައިވާ ކަމަށް މި މެސެޖްތަކުގައި ބުނެފައި ވެއެވެ.

ރަޝިޔާގެ ބަޔާން ބުނާގޮތުގައި "އެމެރިކާގެ މަނަވަރަށް މި އިންޒާރު ލިބުމުން 08:50 ގައި އެ ސަރަޙައްދު ދޫކޮށް ދުރަށް ހިނގައްޖެއެވެ." އެމެރިކާގެ މަނަވަރު ރަޝިޔާގެ މަނަވަރާ ފަސްދޮޅަހަކަށް މީޓަރު ކައިރިއަށް އައި ކަމަށް ވެސް ރަޝިޔާއިން ބުންޏެވެ.

މޮސްކޯ ބުނާގޮތުގައި ރަޝިޔާގައި ހުންނަވާ އެމެރިކާގެ ޢަސްކަރީ އެޓާޝޭ ރަޝިޔާގެ ޚާރިޖިއްޔާއަށް ގެނެސް އެމެރިކާގެ މި މަނަވަރުގެ ފަޅުވެރީންގެ ތަޞައްރުފާތުތައް ދައްކައި އެއީ "ރަނގަޅު ޢަމަލެއް ނޫން ކަމަށް" އެންގުނެވެ. އެއީ "ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފު ހަޑި ހުތުރު ޢަމަލެއް ކަމަށް" ރަޝިޔާގެ ޚާރިޖިއްޔާއިން ބުންޏެވެ.

އެމެރިކާ ސިފައިން ރަޝިޔާގެ ބަޔާނަށް ރައްދުދީ ނެރުނު ބަޔާން ބުނާގޮތުގައި އެމެރިކާގެ މަނަވަރު އުޅުނީ ބައިނަލްއަޤްވާމީ ކަނޑުގައި ރޫޓީން މަސައްކަތެއްގައެވެ. ވޮޝިންގްޓަން ބަޔާނުގައި އެ ސަރަޙައްދުގައި ޢަސްކަރީ ތަމްރީނުތަކެއް ބޭއްވެމުންދާކަން އެނގިފައިވާ ކަމަށް ބުނެފައި ވެއެވެ. އެމެރިކާއިން ބުނިގޮތުގައި އެމެރިކާގެ މަނަވަރު ބައިނަލްއަޤްވާމީ ޤާނޫނުތަކަށާއި އަޢުރާފުތަކަށް އިޙްތިރާމު ކުރިއެވެ.

މިއީ ހަތަރު މަސް ދުވަހުގެތެރޭގައި ރަޝިޔާއިން ނޭޓޯގެ މެންބަރު ޤައުމެއްގެ މަނަވަރެއް ފައްސައިލި ދެވަނަ ފަހަރެވެ

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *