...

Support Us

އަލްމަސްޖިދުލް ޙަރާމާއި އަލްމަސްޖިދުލް ނަބަވީ މާދަމާއިން ފެށިގެން ޢާއްމުކޮށް ހުޅުވައިލަނީ

މައްކާގެ މާތްވެގެންވާ ޙަރަންފުޅާއި މަދީނާގެ މާތްވެގެންވާ އަލްމަސްޖިދުއްނަބަވީ މާދަމާއިން ފެށިގެން ޢާއްމުކޮށް ހުރިހާ ވަގުތެއްގައި ހުޅުވާފައި ބެހެއްޓުމަށް ސުޢޫދީ ސަރުކާރުން ނިންމައިފިއެވެ. މާތްވެގެންވާ މި ދެ މިސްކިތް މި ހުޅުވައިލެވެނީ ކޮރޯނާ ވަބާގެ ސަބަބުން ދެ އަހަރެއްހާ ދުވަސް ވަންދެން ވަދެނުކުމެވުން ޤައިދުކޮށްފައި ބެހެއްޓުމަށްފަހުގައެވެ.

ސުޢޫދީ ސަރުކާރުން ރައްކައުތެރިކަމުގެ ފިޔަވަޅުތަކަށް ލުއި ދިނުމަށް ނިންމީ ކޮރޯނާ ވައިރަސް ޖެހެމުންދާ މީހުންގެ ޢަދަދު ވަރަށް ބޮޑަށް މަދުވުމާއި އެ ބަލިން ރައްކައުތެރިވުމަށް ޓަކައި އެޅުނު ފިޔަވަޅުތައް ކާމިޔާބުކަމާއެކު ކުރިއަށް ގޮސްފައިވާތީއެވެ.

ސުޢޫދީ ޢަރަބިއްޔާގެ ދާޚިލިއްޔާގެ މަސްއޫލުވެރިއަކާ ޙަވާލާދީ ސުޢޫދީ ނޫސް އޭޖެންސީ ބުނާގޮތުގައި އެ ދެ މިސްކިތަށް ދާ މީހުން ދާންވާނީ މާސްކު އަޅައިގެންނެވެ. ގައި ދުރުކުރާކަށް ނުޖެހޭނެއެވެ. މި ކަމުގެ ސަބަބުން އެ ދެ މިސްކިތް ފުރައި މީހުންނަށް އަޅުކަން ކުރުމަށް ދެވޭނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *