Support Us

މިއީ ކާކުގެ ގުރާ ކޮެއްޓެއް؟

ވެރިއަކު ނެތް ގުރާ ކޮއްޓެއް ހިމެނޭ ގޮތަށް އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ.

ފުލުހުން ބުނީ އެ ތަކެއްޗަކީ މާލޭގެ އެކި ސަރަހައްދުތަކުން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެތި ކަމަށާއި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައިނުވާ ކަމަށެވެ. އަދި ބައެއް ތަކެއްޗަކީ ހޮވައިގެން ގެންގޮސް ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެތި ކަމަށެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެތި:

  • އޮކްޓޯބަރ 3 ވަނަ ދުވަހު ސައިރިކްސް ކޮލެޖު ކައިރިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ޕިކަޕު ބެޓެރިއެއް. އިންސިޑެންޓް ނަންބަރ 500131
  • އޮކްޓޯބަރ 5 ވަނަ ދުވަހު ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ބޯލްޓް ކަނެކްޝަން ފޮއްޓެއް. އިންސިޑެންޓް ނަންބަރ 500337
  • އޮކްޓޯބަރ 6 ވަނަ ދުވަހު އިރަމާ މަގުގައި ހުއްޓައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ވެރިއަކުނެތް ގޭސްފުޅިއެއް. އިންސިޑެންޓް ނަންބަރ 500411
  • އޮކްޓޯބަރ 7 ވަނަ ދުވަހު ބޮޑުތަކުރުފާނު މަގުން އެއާޕޯޓު ފެރީޓާމިނަލް ކައިރިން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ 165 ރުފިޔާ. އިންސިޑެންޓް ނަންބަރ 500528
  • އޮކްޓޯބަރ 8 ވަނަ ދުވަހު މ. ޖަވާހިރުމަގުގައި ހުރި ވެރިއަކުނެތް ގުރާ ކޮއްޓެއް. އިންސިޑެންޓް ނަންބަރ 500626
  • އޮކްޓޯބަރ 10 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ކަޓަރ އޮފް މެޝިނެއް. އިންސިޑެންޓް ނަންބަރ 500767
  • އޮކްޓޯބަރ 11 ވަނަ ދުވަހު ނީލަން ފިހާރަ ކައިރިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ލަކުޑި ފަސް ފަތިގަނޑު. އިންސިޑެންޓް ނަންބަރ 500876
  • އޮކްޓޯބަރ 11 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެެނެސްފައިވާ ވަގަށް ނަގާފައިވާކަމަށް ބެލެވޭ ސައިކަލެއްގެ މަޑިދަށުން ފެނިފައިވާ ވަގަށް ނަގާފައިވާކަަމަށް ބެލެވޭ  ސެމްސަންގ ޓެބްލެޓެއް. އިންސިޑެންޓް ނަންބަރ 500945
  • އޮކްޓޯބަރ 12 ވަނަ ދުވަހު ލޯކަލް މާރުކޭޓު ކައިރިން ފެނިފައިވާ ވެރިއަކުނެތް ފްލަޑް ލައިޓެއް. އިންސިޑެންޓް ނަންބަރ 500981

 

"މި ތަކެތީގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ." ފުލުހުންގެ ބަޔާނުގައިވެއެވެ. ނަމަވެސް މި ތަކެތީގެ ވެރިފަރާތުން މި ތަކެއްޗާ ހަވާލުނުވެއްޖެ ނަމަ ނުވަތަ ވެރިފަރާތް ނޭނގިއްޖެ ނަމަ، އެ ތަކެއްޗާމެދު އަމަލުކުރާނެ ގޮތެއް ފުލުހުންގެ ބަޔާނުގައެއް ނެތެވެ.

މި ތަކެތީގެ އިތުރުން ހުޅުމާލެ ޕޮލިސްގެ ބެލުމުގެ ދަށުގައި ހުރި ބައެއް ތަކެތީގެ ވެރިފަރާތް ހޯދަންވެސް ފުލުހުން ވަނީ އެ ތަކެތީގެ ތަފްސީލް އާންމުކޮށްފައެވެ.

ހުޅުމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ތަކެތި:

  • އޮކްޓޯބަރ 14 ވަނަ ދުވަހު ހުޅުމާލެ ފޭސް 2 ގެ 7 ވަނަ ޓަވަރު ކައިރިން ފެނިފައިވާ ވެރިއަކު ނެތް ތަޅުދަނޑިއެއް. އިންސިޑެންޓް ނަންބަރ 501155
  • އޮކްޓޯބަރ 14 ވަނަ ދުވަހު ހުޅުމާލެ ކޮރަލްވިއު ފުލެޓް ކައިރިން ހޮވައިގެން ގެނެސް ފުލުުހުންނާ ހަވާލުކޮށްފައިވާ ވޮލެޓެއް. އިންސިޑެންޓް ނަންބަރ 501199

"މި ތަކެތީގެ ވެރިފަރާތުން، ހުޅުމާލެ ޕޮލިސް އިންވެސްޓިގޭޝަން ނަންބަރު 9980062 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ހުޅުމާލެ ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް