...

Support Us

އިސްލާމް ދީން

އުޅެން އެންގެވި ރަނގަޅު ގޮތަކީ، ޔަގީނުން މާތްވި އިސްލާމް ދީން
ގުޅެންވި ގުޅުންތަކާ ވަކިވުން ރަނގަޅު ގޮތުގައިވި އިސްލާމް ދީން

وَحِيْ އިން އަންގަވައި ދެއްވެވި ގޮތަށް ރުސުލުން ގެނެސް ދެއްވެވި
ނަހީއާ ހުއްދަ ކަންތައްތައް ބަޔާންކޮށް ދެއްވި އިސްލާމް ދީން

ގޮތާއި ފޮތުން އެނގޭނެ ގޮތަށް عَدُلُ إِنْصَافُ ލައްވާފައި
ފޮތާއި شَرِيْعَةُ ގެ ހަމަތައް ބަޔާންކޮށް ދެއްވި އިސްލާމް ދީން

جَهَالَةُ ފަތުރަމުން ދިޔަ ކަޅު ވިލާތައް ބޯމަތީން ނެތިކޮށް
ކަހައި ލެއްވެވި ضِيَآءُ ގެ އަލި ބިމަށް ފެތުރުއްވި އިސްލާމް ދީން

ލިބޭ އަނިޔާ ތަކުން މިންޖެއްް ވެވޭނެ ގޮތެއް ސަފުން ނެތިފައި
ތިބޭ ނިކަމެތިވި مَظْلُوْمُ ން ސަލާމަތް ހޯދި އިސްލާމް ދީން

ހަލާކުގެ ހޫނު އަލިފާނުގެ ވަޅުގެ ތުންފަތް މަތީ ތިއްބައި
ސަލާމަތް މީސްތަކުން ކުޅައީ ޔަގީނުން މާތްވި އިސްލާމް ދީން

ޒަމާން ކުރިޔަށް އަރައި ދިޔަޔަސް ސަލާމަތް ބުއްދި ފުށުނާރައި
ޒަމާނީ ކޮންމެ ހޯދުމަކުން ޔަޤީން ކުރެވޭނެ އިސްލާމް ދީން

ހިލާފެއް އޭގެ ކުރިޔާ އަދި ފަހުންވެސް ނާންނަ މާތްވި ފޮތުން
ފިލާވަޅު ހެޔޮވިހައި ލިބިގެން އުޅެން މިއޮތީޔެ އިސްލާމް ދީން

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *