Support Us

ބަންގި: އިލާހީ އަޑުފުޅު- 2

(ކުރީގެ ޢަދަދާ ގުޅޭ)

ބަންގި ޞައްޙަވުމުގެ ޝަރްޠުތައް

  • ބަންގި ގޮވާމީހާ މުސްލިމަކު ކަމުގައިވުން: ކާފިރަކު ގޮވާ ބަންގި ޞައްޙައެއް ނުވާނެއެވެ.
  • ބަންގި ގޮވާ މީހާއަކީ ހެޔޮނުބައި ވަކިކުރަން ދަންނަ މީހަކު ކަމުގައިވުން: ހެޔޮނުބައި ވަކިކުރަން ނޭނގޭ ފަދަ ކުޑަކުއްޖަކު ގޮވާ ބަންގި ޞައްޙައެއް ނުވާނެއެވެ.
  • ބަންގި ގޮވާމީހާ ފިރިހެނަކު ކަމުގައިވުން: ފިރިހެނުންގެ ޖަމާޢަތެއްގައި އަންހެނަކު ގޮވާ ބަންގި ޞައްޙައެއް ނުވާނެއެވެ. އަންހެނުންގެ ޖަމާޢަތަކަށް ބަންގި ގޮވުމަކީ ސުންނަތް ކަމެއް ނޫނެވެ.
  • ބަންގީގެ ކަލިމަތައް ވާރިދުވެފައިވާ ގޮތަށް ތަރްތީބުކޮށް ގޮވުން
  • ބަންގީގެ ކަލިމަތައް ގޮވާއިރު އެކަލިމަތަކުގެ މެދުގައި މުވާލާތު ކުރުން
  • ޖަމާޢަތަށްޓަކައި ބަންގިގޮވާނަމަ އަޑުހަރުކޮށް ބަންގި ގޮވުން
  • ވަގުތު ވަނުން

ބަންގީގެ ސުންނަތް

  • ބަންގި ގޮވާއިރު ޤިބްލައަށް ކުރިމަތިލައިގެން ހުރެ ބަންގިގޮވުން.
  • ކުޑަ ޙަދަޘާއި ބޮޑު ޙަދަޘްވެރިކަމުން ޠާހިރުވެހުރެ ބަންގިގޮވުން: ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((كَرِهْتُ أَنْ أَذْكَر اللَّهَ عَزَّ وَجَلَّ إِلاَّ عَلَى طُهْر[1]ٍ- މާނައީ: ޠާހިރު ޙާލުކޮޅުގައި ހުންނަވައިގެން މެނުވީ އަރަހުށި މާތްﷲގެ މަތިން ހަނދުމަފުޅު ކުރެއްވުމަށް ނަފްރަތު ކުރައްވަމެވެ.))
  • ކުޅަދާނަވެގެންވާ މީހާ ކޮއްޅަށްހުރެ ބަންގިގޮވުން: ކީރިތި ރަސޫލާ ﷺ ބިލާލުގެފާނަށް ވިދާޅުވިއެވެ. ((يَا بِلاَلُ قُمْ فَنَادِ لِلصَّلاَة – އޭ ބިލާލެވެ. ތެދުވެވަޑައިގެން ނަމާދަށް ގޮވާލައްވާށެވެ.))
  • ((حى على الصلاة)) ގޮވާއިރު މޭމަތި ނާބުރާ ކަނދުރާ ކަނާތަށް އެނބުރުމާއި ((حى على الفلاح)) ގޮވާއިރު މޭމަތި ނާބުރާ ކަނދުރާ ވާތަށް އެނބުރުން.
  • ބަންގީގެ ކަލިމަތައް ތަރްތީބުކޮށް ތަރުތީލުކޮށް ކިޔުން
  • ބަންގި ގޮވާއިރު ތަރްޖީޢުކުރުން
  • ފަތިސް ނަމާދުގައި ތަޘްވީބު ކުރުން
  • ރީތި އަޑުން ބަންގިގޮވުން.
  • ބަންގިގޮވާމީހާ ޢަދްލުވެރި ޚުލްޤު ރަނގަޅު މީހެއް ކަމުގައިވުން.
  • ބަންގީގެ އަޑުއިވޭ ހިނދު ހަމަހިމޭންވެ ކަނުލާ އަހައި ބަންގިއަށް އިޖާބަދިނުން. ކީރިތި ރަސޫލާ ﷺ ޙަދީސް ކުރެއްވިއެވެ. ((إذا سَمِعْتُمُ النداء فَقُولوا مِثْلَ مَايقُولُ الْمُؤَذِّن [2]– ބަންގިގޮވާ އަޑު އިވިއްޖެނަމަ ބަންގިގޮވާމީހާ ކިޔާ އެއްޗެއް ކިޔާށެވެ.))
  • ބަންގިއަށް އިޖާބަދޭއިރު حَىَّ عَلىَ الصَّلاَة ގެ ކުރީގެ ކަލިމަތަކަށް އިޖާބަދޭނީ މުދިމު އެ ގޮވާ ކަލިމައެއް މަޑުމަޑުން ތަކްރާރުކޮށް ކިޔައިގެންނެވެ. حى على الصلاة އާއި حَىَّ عَلَى الفَلاَح އަށް އިޖާބަދޭނީ ((لاَحَولَ وَلاَقُوَّةَ إلاَّ بِاللَّه)) މިފަދައިން ކިޔައިގެންނެވެ. الصَّلاَةُ خَيْر مِنَ النَّوم އަށް އިޖާބަދޭނީ ((صَدَقْتَ وَبَرَرْتَ)) މިފަދައިން ކިޔައިގެންނެވެ. قَدقَامَتِ الصَّلاة އަށް އިޖާބަދޭނީ ((أَقَامَهَا اللّهُ وَأدَامَهَا وَجَعَلَنِى مِنْ صَالِحِى أهْلِهَا މިފަދައިން ކިޔައިގެންނެވެ.
  • ބަންގި ގޮވުމަށްފަހު ބަންގި ދުޢާ ކިޔުމާއި ކީރިތި ރަސޫލާ ﷺ މައްޗަށް ޞަލަވާތް ކިޔެވުން: މިއީ ބަންގި ގޮވާ މީހާއަށާއި ބަންގީގެ އަޑުއެހި ކޮންމެ މީހެއްގެ މައްޗަށް ސުންނަތްވެގެންވާ ކަމެކެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘްކުރައްވަނީ ބަންގި ގޮވާއަޑު އެހި މީހާ ބަންގިގޮވާ ނިމުމުން ((اللَّهُمَّ رَبَّ هَذِهِ الدَّعْوَةِ التَّامَّة وَالصَّلاَةِ الْقَائِمَة آتِ مُحَمَّدا الوَسِيْلَةَ وَالفَضِيْلَةَ وَابْعَثْهُ مَقَامًا مَحْمُودًا الَّذِى وَعَدتَّهُ)) މިފަދައިން ކީމީހަކަށް ޤިޔާމަތް ދުވަހު ތިމަން ކަލޭގެފާނުގެ ޝަފާޢަތް ލިބޭނެތެވެ. [3] ބަންގި ގޮވާމީހާ މި ދުޢާއާއި ރަސޫލާގެ މައްޗަށް ޞަލަވާތް ކިޔަވާނީ އަޑުމަޑުކޮށް ބަންގިޔާ ނުގުޅުވައެވެ. އެއީ ބަންގީގެ ކަލިމަތަކެއް ނޫންކަން ދޭހަވާ ގޮތަށެވެ.
  • އުސްތަނެއްގެ މަތީގައި ހުރެ ބަންގި ގޮވުން.
  • ބަންގި ގޮވާ މީހާ އެކަކު ކަމުގައިވުން. ބަންގީގެ އެއްބައި ގޮވާފައި އަނެއް ބައި ގޮވަން އެހެން މީހަކާ ޙަވާލެއް ނުކުރެވޭނެއެވެ.
  • ޢަރަބިބަހުން ބަންގި ގޮވުން. ބަންގީގެ ތަރްޖަމާ ބަންގިއަކަށް ނުވާނެއެވެ.

(ނުނިމޭ)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *