...

Support Us

އިމާރާތުގެ ޚާރިޖީ ވަޒީރު އިސްރާއީލަށް ވަޑައިގަންނަވަނީ

ވަރަށް ކައިރި މުސްތަޤްބަލެއްގައި އިސްރާއީލަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ގަސްތު ކުރައްވާ ކަމަށް އިމާރާތުގެ ޚާރިޖީ ވަޒީރު ޢަބްދު ﷲ ބިން ޒާއިދު ވިދާޅުވެއްޖެއެވެ.

އޭނާ މި ކަން އިޢުލާނު ކުރެއްވުމުން އިސްރާއީލުން މިކަމަށް ވަގުތުން ވަރަށް ހޫނު މަރްޙަބާއެއް ކިޔެވެ. އިސްރާއީލުގެ ބޮޑުވަޒީރު ބެނެޓް ވިދާޅުވިއެވެ. "އަހުރެންގެ  ގެ ހުރީ އިމާރާތީންނަށް މަރްޙަބާ ކިޔުމަށް ހުޅުވައިލެވިފައެވެ. އަހުރެންގެ އަންހެނުން އިނީ އެބޭފުޅުންގެ އިންތިޒާރީގައެވެ. އަހުރެމެން އެބޭފުޅުންނަށް އަހުރެމެންގެ ގޭގައި ރޭގަނޑުގެ ޖާފަތެއް އަރުވާނަމެވެ."

އިމާރާތުގެ ވަޒީރު މި ކަން ހާމަކުރެއްވީ ވޮޝިންގްޓަންގައި އިސްރާއީލުގެ ޚާރިޖީ ވަޒީރާއެކު މިއަދު ބޭއްވެވި ނޫސް ބައްދަލުވުމެއްގައެވެ.

މި ނޫސް ބައްދަލުވުމުގައި ބިން ޒާއިދު އިސްރާއީލާ އިމާރާތުގެ ގުޅުން ހެދި ބޮޑުވެ ފުޅައުވަމުންދާ މިންވަރަށް އިޝަރާތް ކުރެއްވިއެވެ. އޭނާ ވިދާޅުވިއެވެ. "އަޅުގަނޑުމެން ދެ ޢާލަމެއްގެ ދެމެދުގައި މި ބިނާކުރަނީ ފާލަމެކެވެ. އަޅުގަނޑުމެންނަށް މިއަދު އާދެވިފައިވާ ހިސާބާމެދު އަޅުގަނޑުމެން ވަރަށް އުފާކުރަމެވެ." އޭނާ ވިދާޅުވިގޮތުގައި އޭނާ އިސްރާއީލަށް ކުރައްވާ ދަތުރުފުޅުގެ ސަބަބުން މުޅި ސަރަޙައްދަށް އީޖާބީ އަސަރުތަކެއް ފޯރާނެއެވެ.

އޭނާ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "އިމާރާތު– އިސްރާއީލު ގުޅުންތައް ކާމިޔާބުވުމަކީ އިސްރާއީލަށާއި ފަލަސްޠީނަށް މި މަގުގައި ހިނގުމަށް ހިތްވަރު ލިބޭނެ ކަމެކެވެ. މި މަގުން ހިނގުމުން ބިންނަން ލިބޭ މޭވާތައް ފޮނިވާނެއެވެ." އޭނާ ވިދާޅުވިއެވެ. "އެހެނަސް މިއީ ބިރުވެރިކަން ހިމެނޭ އާހިތައެކެވެ."

އިމާރާތާއި އިސްރާއީލާ ދެމެދުގައި ޤާއިމުކުރެވުނު ފާލަން ބިނާކުރުމުގައި އެމެރިކާއިން ކުޅެމުންދާ ދައުރަށް އިމާރާތުގެ ޚާރިޖީ ވަޒީރު ޝުކްރު އަދާކުރެއްވިއެވެ. އޭނާ ވިދާޅުވިގޮތުގައި އިސްރާއީލުގެ ޚާރިޖީ ވަޒީރު ވަނީ އޭނާ ތައްލު އަބީބަށް ވަޑައިގަތުމަށް ދަޢުވަތު ދެއްވައިފައެވެ. މި ދަޢުވަތަށް އޭނާ ވަރަށް އަވަހަށް  އިޖާބަ ދެއްވާނެކަމަށް ވެސް ވިދާޅުވިއެވެ.

އިސްރާއީލުގެ ޚާރިޖީ ވަޒީރު ޔާއީރު ލެބިޑް ވެސް އިމާރަތާ އިސްރާއީލާ ދެމެދުގައި އާރާސްތުވަމުންދާ ގުޅުންތަކަށް ތާރީފު ކުރައްވާ ވާހަކަފުޅު ދެއްކެވިއެވެ. އޭނާ ވިދާޅުވިގޮތުގައި، އެއީ "ބައިވެރިވުމާއި ރަޙްމަތްތެރިކަމާއި، ހަރުކަށި ޢަމަލުތަކާއި ނިރުބަވެރިކަމާ ދެކޮޅަށް ހަނގުރާމަ ކުރާ ތަސާމުޙުގެ އުޞޫލުތައް ފެތުރުމަށް ގޮވައިލާ އެކަމަށް މަސައްކަތް ކުރާ ތަރަހައިގެ މަތީގައި ބިނާކުރެވެމުންދާ ގުޅުންތަކެކެވެ." އޭނާ ހާމަކުރެއްވިގޮތުގައި "މި ދެ ޤައުމު މިއަދު ވެފައި މިވަނީ ގުޅިފައިވާ އަގުތަކެއްގެ މަތީގައި ވާ ދެ ބައިވެރީންނަށެވެ. އަހުރެމެން ލިޔަމުން މި ދަނީ އުންމީދުގެ މަތީގައިވާ ތާރީޚުގެ އައު ޞަފްޙާތަކެކެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *