މޮޅާ ދެރަ ކަންކަމުން ކުރިމަތިވުމީ ނެތް ކަންކަމެއް ނޫނޭ
އޮޅާ ތިލަ ފަޅުފަޅަށް އުރުމީ ނުވާނޭ ކަންކަމެއް ނޫނޭ
ލިބޭ ދެރަޔާއި މޮޅު ތަކަކީ އެއީ ދުނިޔޭގެ ދަރުސުތަކޭ
ތިބޭނަމައީ ދަރުސު ލިބިގެން އެއީ، ރޯވަރު ކަމެއް ނޫނޭ
ތިމާމެންނަށް އަމިއްލަ ގޮތުން ކަމެއްގައި ބާރު ނެތްކަންކަން
ދިމާވާހިނދު ވަކީލުކުރާ އަޅުންނީ ދެރަ ބައެއް ނޫނޭ
ލިއުއްވާފައި ކަމެއް އޮތްނަމަ އެކަން އެގޮތަށް ހިނގާނެކަމީ
މިއުންމަތް އޭގެމައްޗަށް ޝައްކުކަން އޮތް ކަންކަމެއް ނޫނޭ
ފަހަށްޖެހި ކުރިއަރާ ދިއުމީ ޝިޢާރެކެ މުސްލިމުން ދެނެއޮތް
ރަހައިގައި ހިތިކަމެއް ހުރުމީ ހަބަރު ޒަހަރަށް ވުމެއް ނޫނޭ
ދިވެހިޤައުމަށް ދިވެހިޓީމުން އިހަށް ވެސް ހޯދި ޝަރަފުތަކީ
ރިވެތި ގޮތުގައި ބަލައިގަނެވުނު ޤަދަރު ނުދެވޭ ކަމެއް ނޫނޭ