ގެވެށި އަނިޔާގެ މައްސަލައެއްގެ ތަހުގީގަށް ނ. ހޮޅުދޫ މީހަކު ހާޒިރުވުމަށް އަންގައި، އެ މީހާގެ ފޮޓޯ އާއި ވަނަވަރު ފުލުހުން އާންްމުކޮށްފިއެވެ.
ފުލުހުން ބުނީ ހުޅުމާލެ އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ގެވެށި އަނިޔާގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީ އާއި އާއިލާއަށްވެސް އުޅޭ ވަކިތަނެއް އެނގިފައިނުވާތީ ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ ދަށުން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށެވެ.
ތަހުގީގަށް ހާޒިރުވާންޖެހޭ މީހާގެ މައުލޫމާތު:
ހާޒިރުވާންވީ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް އަދި އުމުރު: މިންވަރު، ޢަބްދުﷲ ރަޖީޙު (27 އަހަރު) ނ. ހޮޅުދޫ
ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު: A206020
ހާޒިރުކުރެވޭ ހައިސިއްޔަތު: ގެވެށި އަނިޔާގެ މައްސަލައެއްގެ ތަހުގީގުގައި ސުވާލުކުރުމަށް / މައުލޫމާތު ސާފުކުރުމަށް
ހާޒިރުވާންޖެހޭ ތަނާއި ތާރީޚާއި ގަޑި: ހުޅުމާލެ ޕޮލިސް ސްޓޭޝަން، 2021 އޮކްޓޯބަރ 20 ވަނަ ދުވަހުގެ 13:00 އަށް