...

Support Us

ޞަދްރު ޖަމާޢަތުގެ މީހުން ކާމިޔާބު ފާހަގަ ކުރަނީ

ޢިރާޤުގެ އިންތިޚާބުގައި އީރާނުގެ އެކުވެރީންނަށް ބޮޑު ނާކާމިޔާބީއެއް

ޢިރާޤުގައި ބޭއްވި ބަރްލަމާނީ އިންތިޚާބުގައި ޢިރާޤުގެ "ރައްޔިތުންގެ އެއްބާރުލުމަށް" ލިބުނު ނާކާމިޔާބީއާ ވިދިގެން މި ނަތީޖާ ޤަބޫލު ނުކުރާނެ ކަމަށް މި އެއްބާރުލުމުގައި ހިމެނޭ ތަފާތު ޖަމާޢަތްތަކުން ބުނެފިއެވެ. ހޯމަ ދުވަހު އިޢުލާނު ކުރެވުނު ވަގުތީ ނަތީޖާ ދައްކާގޮތުގައި އެންމެ ގިނަ ގޮނޑި ލިބިފައި ވަނީ "ޞަދްރު" ޖަމާޢަތަށެވެ.

ރައްޔިތުންގެ އެއްބާރުލުމުގައި ހިމެނޭ ސިޔާސީ ޖަމާޢަތްތަކުގައި ހިމެނޭ މުހިއްމު ޖަމާޢަތްތަކަކީ "ތަޙާލުފުއް ފަތުޙި" އާއި "ދައުލަތުލް ޤާނޫނި" އާއި "ޢަޞާއިބު އަހްލިލް ޙައްޤި" އާއި "ކަތާއިބު ޙިޒްބުﷲ" އެވެ.

މި ޖަމާޢަތްތަކުން ނެރުނު ބަޔާން ބުނާގޮތުގައި ޢާއްމު އިންތިޚާބު އަވަސް ކުރަން އެ ޖަމާޢަތްތަކުން އެދުނީ ނަޒާހަތްތެރި މިނިވަން އަމާން އިންތިޚާބެއް ބޭއްވުމަށެވެ. މި ބަޔާން ބުނިގޮތުގައި އިންތިޚާބާ ބެހޭގޮތުން ފާހަގަކުރެވުނު ކަންތައްތައް މިހާރު ވާނީ އިންތިޚާބާ ބެހޭ ކަމިޝަނަށް ހުށައަޅައިފައެވެ. މި ބަޔާނުގައު އެ ފަރާތްތަކުން ފާހަގަ ކުރި އެއްވެސް މަސްއަލައަކާ ބެހޭގޮތުން އެއްޗެއް ބުނެފައެއް ނުވެއެވެ.

ވަގުތީ ނަތީޖާތައް ބުނާގޮތުގައި 2018ވަނަ އަހަރާ އަޅައިބަލާއިރު ފަތަޙަ ޖަމާޢަތަށް 34 ގޮނޑި ވަނީ ގެއްލިފައެވެ. އެ ޖަމާޢަތަށް މި ފަހަރު ލިބުނީ އެންމެ 14 ގޮނޑިއެވެ.

ޢިރާޤުގެ އިންތިޚާބާ ބެހޭ ކަމިޝަނުން ބުނާގޮތުގައި މި ފަހަރު ވޯޓުލައިފައި ވަނީ އެންމެ 41 އިންސައްތަ މީހުންނެވެ. މިއީ 2005ގެ ފަހުން ބޭއްވުނު އިންތިޚާބުތަކާ އަޅައި ބަލާއިރު އެންމެ މަދު ބަޔަކު ވޯޓުލީ ފުރަތަމަ ފަހަރެވެ.

ރަސްމީ އޭޖެންސީތައް ބުނާގޮތުގައި މި ފަހަރު އެންމެ ގިނަ ގޮނޑި ލިބުނީ ޞަދްރު ޖަމާޢަތަށެވެ. އެމީހުންނަށް 329 ގޮނޑީގެތެރެއިން 73 ގޮނޑި ލިބުނެވެ.  ތަޤައްދުމު ޖަމާޢާތަށް 38 ގޮނޑި ލިބުނެވެ. މިއީ ސުންނީ ޖަމާޢަތެކެވެ.ތިންވަނައަށް އެންމެ ގިނަ ގޮނޑި ލިބުނީ ކުރީގެ ބޮޑުވަޒީރެއް ކަމުގައިވާ ނޫރުލް މާލިކީގެ "ދައުލަތުލް ޤާނޫނި" ޖަމާޢަތަށެވެ. މި ޖަމާޢަތަށް 37 ގޮނޑި ލިބުނެވެ.

ޢިރާޤުގައި ވޯޓު ލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ޢަދަދަކީ 25 މިލިއަން މީހުންނެވެ. މި އިންތިޚާބުގައި 3،200 ބޭފުޅަކު ވާދަކުރެއްވިއެވެ. އަދި 2022ވަނަ އަހަރު ބާއްވަން ޖެހޭ ޢާއްމު އިންތިޚާބު އަވަސްކުރެވުނީ ޢިރާޤުގައި ފަސާދައިގެ ޢަމަލުތައް ގިނަވެގެން 2019 ގައި ޢާއްމު ރައްޔިތުން މަގު މައްޗަށް ނުކުމެ މުޒާހަރާތައް ކުރާން ފެށުމުންނެވެ. މި ފަސާދައިގެ ސަބަބުން ޢާއްމު ޚިދްމަތްތަކުގެ ފެންވަރު ދަށްވެ އިޤްތިޞާދު ހީނަރުވެ ޤައުމުގެ ދަރަނި ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މި މުޒާހަރާތަކުގެ ސަބަބުން ޢާދިލް ޢަބްދުލް މަހްދީގެ ސަރުކާރު 2019ގައި ވެއްޓުނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *