Support Us

ލަންކާގެ ސްޕޯޓްސް މިނިސްޓަރު ނަމާލަށް ވެލާނާ އެއާޕޯޓުން މަހުލޫފު (ވ) މަރުހަބާ ދަންނަވަނީ

ރާއްޖެ-ލަންކާ މެޗު ބައްލަވައިލައްވަން ލަންކާގެ ސްޕޯޓްސް މިނިސްޓަރު މާލެ ވަޑައިގަންނަވައިފި

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއާ ދެކޮޅަށް ސްރީލަންކާ މިއަދު ކުޅޭ މެޗު ބައްލަވައިލެއްވުމަށް ލަންކާގެ ސްޕޯޓްސް މިނިސްޓަރު ނަމާލް ރާޖަޕަކްސަ މިއަދު ހެނދުނު މާލެ ވަޑައިގަންނަވައިފިއެވެ.

ލަންކާގެ ބޮޑު ވަޒީރު މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން އަދި ލަންކާ ޕާލަމަންޓުގެ ވެސް މެމްބަރު ނަމާލް ރާއްޖެ ވަޑައިގެންނެވީ ކެންޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަކަށްފަހު އެނބުރި ލަންކާއަށް ވަޑައިގެންނެވި މަގުމަތީގައެވެ. ނަމާލް އަރިހުގައި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީގެ އިސް އޮފިޝަލުންގެ ވަފުދެއް ރާއްޖެ އައި ކަމަށް މައުލޫމާތު ލިބެއެވެ.

ނަމާލަށް ވެލާނާ އެއާޕޯޓުން މަރުހަބާ ދެންނެވީ ރާއްޖޭގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފެވެ.

މިނިސްޓަރ މަހުލޫފާ ވަރަށް ގާތް ގުޅުމެއް އޮންނަ ނަމާލް މީގެ ކުރިން ވެސް ވަނީ ރާއްޖެ ޒިޔާރަތްކުރައްވައިފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާވެސް ވަނީ ބައްދަލުކުރައްވައިފައެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅޭ މެޗަށް ދެ ޓީމު ނުކުންނައިރު ލަންކާ ވަނީ ތިން މެޗު ކުޅެގެން އެންމެ ޕޮއިންޓެއް ލިބި މުބާރާތުގެ އުންމީދު ގެއްލިފައެވެ. އަނެއްކޮޅުން ފަސް ގައުމު ވާދަކުރާ ސަރަހައްދީ ފުޓުބޯޅަ އީދުގެ ފައިނަލުން ޖާގައެއް ހޯދުމަށް ލަންކާ ބަލިކުރުން ނޫން ގޮތެއް ރާއްޖެއަކަށް މިއަދަކު ނެތެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *