އެއް ހަށިގަނޑެއްގައި އެކުލެވޭ ގުނަވަންތަކެއް ފަދައިން ވަމާ
އެއް އުއްމަތުގެ އަހުލުންގެ ސިފަ އަޞްލަށް ހިނގާށޭ ދައްކަމާ
ކުރިއެރުމުގައި ހުރި ކަންކަމާ މަގުތަކު ހިނގައި ދިއުމަށްޓަކައި
ހުރި އެކި ޚިޔާލާ ފިކުރުގައި ދެބަހެއް ވިޔަސް ތޮޅެ ނަހަދަމާ
އެކުވެރިކަމީ ގަދަ ބާރެކޭ ވަކިވަކި ވުމީ ނިކަމެތި ކަމޭ
އެކުލެވުނު ނަބަވީ ބަސްފުޅަށް ވިސްނައި ފިކުރު ހިނގައިލަމާ
އެނގުނަސް އެހެރަކަންކަން މޮޅަށް އެދުމަށް ތަބާވެ އުޅޭކަމުން
ދެގުނައިގެން ބައިބައިވުން ހިފައި ކޯޅޭ އުޞޫލު ދުރަށްލަމާ
ކުލައިން ތާފާތު ވެގެންވުމީ މީހުންގެ އޮތް މިނިވަންކަމޭ
ނުލައެއްއެކަން ވާން ނެތްކަމުން ދުޝްމިނުވެ އެކަމަށް ނޫޅެމާ
ވޯޓުގެ ތެރޭގައި ވާދަކުޅަ ނަމަވެސް ނިމޭގޮތް ގޯސްކަމަށް
ކޯޓުގެ ތެރޭ ދަޢުވާކުރާ ޚަޞްމުންގެ ގޮތުގައި ނޫޅެމާ
ކައުމުޞްޠަފާގެ ރިސާލަތާ ސުންނަތު ނިކަން ގަދަޔަށް ހިފައި
ޤައުމުގެ ތެރޭގައި ފިތުނަޔަށް ތަންދީ އުޅުން ދޫކޮށްލަމާ