Support Us

ޙާލުގައިޖެހިގެން މައިބަފައިންގެ މުދާ ވިއްކަނީ

ހާދަ ނިކަމެތި ޙާލެކޭ މުޅި ޢާއިލާޔަށް މިޖެހުނީ
ކާފަމެން އެއްކުރި މުދާކޮޅު ނުއަގުގައި ވިއްކާލަނީ

މާމަ ކަންފަތު މުދިބަޔާ އަދި އަތުކުރީގެ އުޅާބަޔާ
ކާފަ އުނު ފޭއްޔާއި، ރަނގަވާޅާ އެކީ ވިއްކާލަނީ

ޢާއިލާ ތަރިކާގެ ހިމެނޭ ހަރު އެތައް މުދަލާ ބިމާ،
ޢާއިލާ ހައިހޫނު ފިލުވަން ރަހުނުކޮށް ވިއްކާލަނީ

ބޮޑޫ މަލާފަތަކާއި، ވަރަށް ބޮޑު ތާހަކާ ބޮޑު ތެއްޔަކާ،
ކުޑަ އަގެއް ލިބުނަސް ކުރާނެ ކަމެއްނެތޭ ވިއްކާލަނީ

ތިން ހަތަރު ރުނބަޔާއި ޖާޑިޔަކާއި އަދި މުށި ބަނޑިޔަލެއް
ކިއްލި އެޅުމަށް ކާފަބޭނުން ކުރި ވަނެއް، ވިއްކާލަނީ

ލޯ ކުރަޔަކާ ލޯގަނޑާ އަދި ބަތްއަޅާ "ސަލަވާތު ތައްޓާ"
ޖޯޑު ސެޓަކާ، ނައިބޮލީ ސަމުސާ ތަކެއް ވިއްކާލަނީ

ތަގަރިޔާ ހުނިގޮނޑިއަކާ، ކަތިވަޅިޔަކާ މުށި ބަނޑިއަލެއް
އަތަކުނެތް މިތަކެތި ބެހެއްޓޭކަށް އެކީ ވިއްކާލަނީ

ހޫރު ކާފަ ޒަމާނުގައި ގެންގުޅުނު ރަތުލޯ ފީކުދާނެއް
ކޫރުމެއް ވެސް ނޭޅި ހުއްޓާ ނުއަގުގައި ވިއްކާލަނީ

ބައްޕަ ލިޔެގެން އުޅުނު "ގޮއި ފާލައްބަޔާ އަދި ހިންނަޔާ"
ދައްތަމެންނަށް ސިއްރުކޮށް މޯޑޭޖުކޮށް ވިއްކާލަނީ

ލޮކް ޑައުނުގައި ޙާލުގައި ޖެހިގެން ދަރީން ނިކަމެތިވުމުން
ބޮޑު ޢިމާރާތަކާއި ގޯއްޗާ ވެސް އެކީ ވިއްކާ ލަނީ

ގޭގެ ދެކުނު ފަރާތުގައި އޮތް ރީތި މޫދާ ބީޗުވެސް،
މީހަކަށް ނާންގާ ނުއަގުގައިވެސް ހެވޭ ވިއްކާލަނީ

މަސްކަނޑުން މަސްވެރިކަމާ ގޮސް ކާފަމެން އެ އުޅުނުތަނުން
"އަސް ދަނޑިން ފެށިގެން" ކަނޑާއި ފަރާއި ފަޅު، ވިއްކާލަނީ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
21
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *