Support Us

ހުޅުމާލޭ މިސްކިތާއި އިސްލާމިކް ސެންޓަރު ފަރުމާކުރުމުގެ މުބާރާތުން އެއްވަނަ "މާއި ޑިޒައިން" އަށް، އިނާމަކަށް 3 ލައްކަ ރުފިޔާ

ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބިނާކުރާ މިސްކިތާއި އިސްލާމިކް ސެންޓަރ ފަރުމާކުރުމުގެ މުބާރާތުން އެއްވަނަ، ކުރީގެ އާބަން ޑިވްލޮޕްމަންޓް މިނިސްޓަރު މައުރޫފު ޖަމީލްގެ "މާއި ޑިޒައިން ޕްރައިވެޓް ލިމިޓެޑް" ހޮވި ތިން ލައްކަ ރުފިޔާގެ އިނާމު ހާސިލްކޮށްފިއެވެ.

އާންމުކޮށް ހުޅުވާލައިގެން ބޭއްވި މި މުބާރާތުގެ ދެވަނައަށް ދިޔައީ އައިޝަތު ރާސިއާ ހުށަހަޅާފައިވާ ކުރެހުމެވެ. އަދި ތިންވަނައަށް ހޮވިފައިވަނީ އިންސައިޑް ޕްލަސް ޕްރައިވެޓް ލިމިޓެޑުން ހުށަހަޅާފައިވާ ކުރެހުމެވެ.

ވަނަތަކަށް ހޮވުނު ފަރާތްތަކަށް އެކަމުގެ އަގު ވަޒަންކޮށް އިނާމް މިއަދު ހަވާލުކޮށްދެއްވީ އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓަރު ފައްޔާޒް އިސްމާޢީލެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި ހުޅުމާލޭ ޑިވްލޮޕްމަންޓް ކޯޕަރޭޝަނާ ގުޅިގެން ހިންގި ޑިޒައިން މުބާރާތަކީ، ދިވެހި ސަގާފަތާ ގުޅޭ އިހުގެ މިސްކިތްތަކުން މިސާލު ނަގައިގެން ޑިޒައިން ކުރުމުގެ ފުރުޞަތު ދިވެހި އާކިޓެކްޓުންނަށް ދިނުމުގެ ބޭނުމުގައި ހިންގާފައިވާ މުބާރާތެއް ކަމަށް އެޗް.ޑީ.ސީން ބުނެއެވެ. މި މަޝްރޫޢު އަދި ޑިޒައިން މުބާރާތުގެ ދަށުން ފަރުމާކޮށް ބިނާ ކުރުމަށް ހަމަޖެހިފައިވާ މިސްކިތަކީ ކޯޓްޔާޑާ އެކު 2،500 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އަދި އިސްލާމިކް ސެންޓަރުގައި ލައިބްރެރީއެއްގެ އިތުރުން މީޓިންގ ރޫމް ފަދަ ތަންތަން ހިމެނިފައިވެއެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކަކީ ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށާއި އެކި ބޭނުންތަކަށް ހުޅުމާލެއަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ތަފާތު ގިނަ ޙަރަކާތްތަކެއް އެކުލެވިގެންވާ ގޮތަށް ފަރުމާކުރެވި ތަރައްޤީކުރަމުން އަންނަ ޕާކެކެވެ. މިގޮތުން ހަތަރު ސަރަޙައްދެއް އެކި ބޭނުންތަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މަޝްރޫޢުގައި މިސްކިތަކާއި އިސްލާމިކް ސެންޓަރެއް ބިނާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *