ތާއީދުގާ ސަނާ މިކިޔާ ޓީޗަރުންނަކީ
ތާރީފު ހައްގުވާ ބައެކޭ ގައުމުގާ އެއީ
ފޮތްފޮތުގެ ތަރުބަވީ ލިޔެގެން އަކުރު ލޮލުތެރޭ
ގޮތްތަކުގެ މާދަރީ ކުރަހާ ރިވެތި ބޮލުތެރޭ
އޮތް ހާލަތަށް އަމާޒު ހިފާ ދަތުރު ހިތުތެރޭ
ކޮށްދޭ ބިނާ ދަރީން ގައުމުގެ ނާރެހޭ އެއީ
ޅަދަރީންގެ ލޯބި ރިވެތި މިލްކުވާ ގޮތުން
އަދަބާއި ނުއޮޅުވާ އަދަބީ ފަންނު ހެޔޮގޮތުން
މަދަދާއި ކުލުނު ހަދިޔާ ކޮށްދެއްވަވާ ކަމުން
ގަދަރާއި އިހުތިރާމު އޮހޭ ހައިއަތޭ އެއީ
ކާނާ ދެމުން ފުރާނަޔަށާ ބުއްދިއަށް އެދޭ
ހާނާ ދަރީން މި ދީނުގެ ހެން ގިއުގަނޑަށް ފެތޭ
ޝާނާއި ޝައުކަތަށް ގައުމީ މަގުކޮށާލަދޭ
ޖާނާ ހިތުން ފުރޭ ޝުކުރުގެ ކޫޒަކީ އެއީ