Support Us

ނޭޕާލް މެޗުގައި އަލީ އަޝްފާގު (ދަގަނޑޭ) ބޯޅަ ހޯދުމަށް މަސައްކަތްކުރަނީ: ގައުމީ ޓީމުގެ ޖާޒީއަކީ 100 ޕަސަންޓް ރާއްޖޭގެ އުފެއްދުމެއް -ފޮޓޯ: އެފް.އޭ.އެމް/ އެފް.ބީ

ގައުމީ ޓީމުގެ ރަސްމީ ޖާޒީ ބުދަ ދުވަހު އާންމުކޮށް ވިއްކަނީ

ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތަށް ޚާއްސަކޮށް ނެރެފައިވާ ގައުމީ ޓީމުގެ ރަސްމީ ޖާޒީ އަންނަ ބުދަ ދުވަހު އާންމުކޮށް ގަންނަން ލިބޭނެ ކަމަށް މުބާރާތުގެ ކިޓް ޕާޓްނަރު ބުނެފިއެވެ.

އައިލެންޑް އެޕަރަލްސްގެ އޮޕަރޭޝަންސް މެނޭޖަރު އަލީ މުޝްހަދު މިއަދު ވިދާޅުވީ އޮކްޓޯބަރު 1-16 އަށް ގަލޮޅު ދަނޑުގައި ކުޅޭ ސަރަހައްދީ ފުޓުބޯޅަ އީދުގެ ކިޓް ޕާޓްރަކަށް ހުސްވި މަހުގެ 23 ގައި އެފް.އޭ.އެމް އެ ކުންފުނި ހަމަޖެއްސުމާއެކު، ޖާޒީ ބޭނުންވާ ފަރާތްތަކަށް ޕްރީއޯޑަރު ނަގަން ފެއްޓި ކަމަށާއި މިހާތަނަށް ދޫނުކުރެވި ހުރި ޖާޒީތައް އަންގާރަ ދުވަހުގެ ނިޔަލަށް ހަވާލުކުރެވޭނެ ކަމަށެވެ. އެއަށްފަހު ގަލޮޅު ލޯލާ ފިހާރައިގެ ދެކުނުން ހުންނަ އައިލެންޑް އެޕަރަލްސް ފިހާރައިން ބުދަ ދުވަހު ޖާޒީ އާންމުކޮށް ވިއްކާނެ ކަމަށާއި ވިއްކާނީ މީހަކަށް ގިނަވެގެން ފަސް ޖާޒީ ކަމަށް އޭނާ ވިދާޅުވިއެވެ.

ސާފް ޗެމްޕިއަންޝިޕްގެ ޖާޒީއަކީ ދިވެހި ފައިސާ ކުރެހި މަޝްހޫރު ކުރެހުންތެރިޔާ މުހައްމަދު ނަޝާތު ފަރުމާކޮށްފައިވާ، ދިވެހި ދިދައިގެ ޖާޒީއެކެވެ. އޭގެ ފެއްސާއި ރަތާއި ހުދު ކުލަ ވަނީ ނެރެފައެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ރޭ ނޭޕާލް އަތުން 1-0އިން ރާއްޖެ ބަލިވި މެޗުގައި ދިވެހި ޓީމު ކުޅުނީ ހުދު ޖާޒީގައެވެ.

އެފް.އޭ.އެމުން ބުނީ މުބާރާތުގައި ރާއްޖެ ބޭނުންކުރާނީ ހުދާއި ރަތް ޖާޒީ ކަމަށެވެ. ފެހި ބޭނުންކުރާނީ ވޯމްއަޕް ޖާޒީއެއްގެ ގޮތުގައި ކަމަށެވެ.

މުޝްހަދު ވިދާޅުވީ މުބާރާތުގެ ޖާޒީ އަކީ 100 ޕަސަނެޓް ދިވެހިރާއްޖޭގެ އުފެއްދުމެއް ކަމަށާއި ކުއްލިއަކަށް ގިނަ ޖާޒީތަކެއް ތައްޔާރުކުރުމަކީ ފުދޭވަރެއްގެ ބޮޑު މަސައްކަތެއް ކަމަށެވެ. އެހެންވެ ލިބުނު ވަގުތުކޮޅުގެ ކުޑަކަމުން އެންމެ އެކަށީގެންވާ ވަރަށް ޖާޒީ ބާޒާރަށް ނުނެރެވުނުކަން ގަބޫލްކުރާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސާފް ޗެމްޕިއަންޝިޕްގެ ކިޓް ޕާޓްރަކަށް އައިލެންޑް އެޕަރަލްސް ހަމަޖެއްސުމުގެ އެއްބަސްވުމުގެ ދަށުން އެފް.އޭ.އެމަށް ޖާޒީ ހިލޭ ދޭންޖެހޭ ކަމަށާއި އެފް.އޭ.އެމަށް ބޭނުންވާ އަދަދަށް މިހާރު ޖާޒީ ހަވާލުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މުޝްހަދު އަދި ވިދާޅުވީ މަސައްކަތް އޭނާ ކުރަމުންދަނީ މެޗު ކުޅޭ ޖާޒީގެވެސް 100 ވަރަކަށް ޖާޒީ ބުދަ ދުވަހު ވިއްކަން ކަމަށެވެ.

"އެއީ ވަރަށް ހާއްސަ ޖާޒީއެއް. އޭގެ ގިނަވެގެން 100 ޖާޒީ އަޅުގަނޑުމެން ނެރޭނީ. ފިހާރައިން ހުސްވާ ވަރަކަށް ޖާޒީ ނެރޭނަން އިރާދަކުރެއްވިއްޔާ. ބުދަ ދުވަހު ނެރޭ ޖާޒީތައް ހުސްވެއްޖެއްޔާ ބުރާސްފަތީގައި ވެސް ނެރޭނަން،" މުޝްހަދު ވިދާޅުވިއެވެ.

ޖާޒީއެއް ވިއްކަނީ 350ރ. އަށެވެ.

މުބާރާތުގެ ދެ ވަނަ މެޗުގައި ރާއްޖެ ބަންގްލަދޭޝްއާ ވާދަކުރާނީ ބުރާސްފަތި ދުވަހުގެ ރެއެވެ. އެރޭ ދިވެހި ޓީމު ލާނީ ރަތް ޖާޒީއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

One Response

  1. މިރިޕޯޓްގެ އެންމެ މުހިންމު ބައި ރިޕޯޓުގައި ހިމަނާފަ ނުވާކަން ވަރަށް ހިތާމަޔާއެކު ދަންނަވަން.

    ޖާޒީގެ އަގު….

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *