ކޫއްޑޫ އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ހުރި 560 ފުޅި ބަނގުރަލާއި 130 ބިޔަރު ދަޅު ގއ. ވިލިނގިލީ ޕޮލިސް ސްޓޭޝަނުން ނައްތާލައިފިއެވެ. މި ބަނގުރާ ނައްތާލައިފައިވަނީ ވިލިނގިލި ޕޮލިސް ސްޓޭޝަންގެ ގޯތިތެރޭގައި މިދިޔަ އަންގާރަ ދުވަހު ކަމަށް ފުލުހުން ބުނެއެވެ.
"ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރާއާއި ބަނގުރާގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށް އެކުލަވާލި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ." ފުލުހުންގެ ބަޔާނުގައިވެއެވެ.
- ވިދާޅުވުމަށް: ފުލުހުން އަތުލާ ބަނގުރާތައް ނައްތާލާތީ ކުރާ ސުވާލެއް