* ރާގު: ޒަރަ ސުން ހަސީނަ އެ ނާޒަނީ
އަހުރެންގެ ގައުމާ ވަޠަނުގާ ދިރި އުޅުމަކީ "އަނިޔާއެކޭ" (2)
ޢަދުލާއި، އިންސާފެއް މިތާ ނުލިބޭ ނުބައި "ދަރުބާރެކޭ"
ފަޚްރާ ޝަރަފުވެރި ގައުމުގާ ރަޙްމާ ކުލުނު ނެތް ދައުރުގާ (2)
(ފަރުދުންގެ މުޅި އުމުރަށް ޖެހުނު 2) ކަރުނައިގެމީ "ޠޫފާނެކޭ"
ޤައުމިއްޔަތާ، ވަތަނިއްޔަތާ، މަދަނިއްޔަތާ، ޙުއްރިއްޔަތާ (2)
(ގައުމުގެ ޢަދާލަތު ޤައުމުގައި 2) ނުހިނގާ މިއީ "ޖަންގައްޔެކޭ"
މަތިވެރިވި އިސްލާމުގެ ނަމުން މަތިވެރިވި އިސްލާމް ދީނުގާ (2)
(މަތިވެރި ނިޔާ، އަނިޔާ ކަމަށް 2) ހެދި ޙާކިމުންނަށް "ވެދުމެކޭ"
އަދުލާއި އިންސާފެއް ނުލިބި، އުޅެވޭ ބިމެއްގެ މިސާލަކީ (2)
(މަރުވާ ދުވަހު ވަޅުލަން އެކަނި 2) ބޭނުން ކުރާ "ސަހަރާއެކޭ"
One Response
ތެދު ފުޅެ އް..