Support Us

މުސްތަޤްބަލް ބިނާވަނީ ތަފާތުތަކާއެކުވެސް ދުނިޔެ އެއްބައިވަންތަކުރުމުގެ މައްޗަށް: ރައީސް

މުސްތަޤްބަލް ބިނާވަނީ އިންސާނިއްޔަތުގައި ހުރި ތަފާތުތަކާއެކުވެސް އެންމެން ގުޅިގެން އެއްބައިވަންތަވުމަށް ކުރާ މަސައްކަތުގެ މައްޗަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ޑަރބަން ޑެކްލެރޭޝަން އެންޑް ޕްރޮގްރާމް އޮފް އެކްޝަން އަށް 20 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވެވި ޙަފްލާގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

އެއްބައިވަންތަކަމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މުޖުތަމަޢުތައް ބަލިކަށިވެ ބައިބައިވުމަށް މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ އެހެން މީހުންގެ ޙާލަތާއި، އިޙްސާސްތައް ދެނެނުގަތުން ކަމުގައެވެ. އަދި އެކަކު އަނެކަކާމެދު ހަމްދަރުދީވުމަށް ބާރުއެޅުމާއި، ނަސްލީ ތަފާތުކުރުންތައް ހިމެނޭހެން ހުރިހާ ވައްތަރެއްގެ ތަފާތުކުރުންތައް ނައްތާލުމަށް، އެންމެން ޝާމިލުކުރެވޭ ފަދަ ތަރައްޤީއެއް ޤާއިމުކުރުމާ ގުޅޭގޮތުންވެސް އެމަނިކުފާނު ވާހަކަފުޅުދެއްކެވިއެވެ. އެމަނިކުފާނު ވަނީ މުޖުތަމަޢެއްގައި ހަމަޖެހުން ޤާއިމުކުރުމަށް އެކި ކަހަލަ ފަރަގުތަކާއި ތަފާތުކުރުންތައް ނައްތާލުމަށް ގަދައަޅައި މަސައްކަތްކުރަންޖެހޭ ކަމުގައި ވިދާޅުވެފައެވެ.

މީގެ އިތުރުންވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި އުޖާލާ ކުރިމަގެއް ބިނާކުރުމަށާއި، ކުރިޔަށް އޮތް ޖީލުތަކަށް ތަފާތުކުރުން ނެތް، ހަމަހަމަކަމަށް ލޯބިކުރާ ދަރިންތަކެއް އުފެއްދުމަށްޓަކައި އެއްވެސް ޤައުމެއް ބާކީ ނުކޮށް، ހަމަހަމަކަމާއެކު އިޤްތިޞާދީ ކުރިއެރުން ކަށަވަރުކުރަން މަސައްކަތްކުރަންޖެހެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *