...

Support Us

ހޮވައިގެން ގެންގޮސްފައިވާ 500 ރުފިޔާގެ ވެރިފަރާތް ފުލުހުން ހޯދަނީ

ހޮވައިގެން ގެންގޮސްފައިވާ 500 ރުފިޔާ ހިމެނޭ ގޮތަށް އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ.

ފުލުހުން ބުނީ އެ ތަކެއްޗަކީ މާލޭގެ އެކި ސަރަހައްދުތަކުން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެތި ކަމަށާއި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައިނުވާ ކަމަށެވެ. އަދި ބައެއް ތަކެއްޗަކީ ހޮވައިގެން ގެންގޮސް ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެތި ކަމަށެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެތި:

  • ސެޕްޓެމްބަރު 15 ވަނަ ދުވަހު ހަދީބީ މަގު, މަސްޖިދުލް މުޙައްމަދު އިމާދުއްދީން މިސްކިތް ތެރެއިން އާންމު ފަރާތަކުން ހޮވައިގެން ގެނެސްފައިވާ 500 ރުފިޔާ. އިންސިޑެންޓް ނަންބަރ 498332
  • ސެޕްޓެމްބަރ 15 ވަނަ ދުވަހު އަބަދަށްއުފާ މަގު، ތުއްރަވާސް ގޯޅި ކަންމަތިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ވަގަށްނަގާފައިވާ ކަމަށް ބެލެވޭ 107 ގަސް ޕޮޓް. އިންސިޑެންޓް ނަންބަރ 498261
  • ސެޕްޓެމްބަރ 17 ވަނަ ދުވަހު ޝަހީދު އަލީ ގޯޅި ކަންމަތިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ 3 ފައިވާން (ކިޓޯ، ޕްރައިމް ބްރޭންޑް، ގަމްބޯލް ބްރޭންޑް). އިންސިޑެންޓް ނަންބަރ 498501
  • ސެޕްޓެމްބަރ 17 ވަނަ ދުވަހު ސޯސަންމަގު، ސިންދިތާ ކުރިމަތިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ބިޑި ގޯންޏެއް (39 ހޮޅި ބިޑި) އިންސިޑެންޓް ނަންބަރ 498515
  • ސެޕްޓެމްބަރ 17 ވަނަ ދުވަހު މ.އެރޯވިލާ ގޯޅި ތެރޭގައި ވަގަށްނަގާފައި ބަހައްޓާފައި ހުރި ކަމަށް ބެލެވޭ 27 ފޯނު ކަވަރު. އިންސިޑެންޓް ނަންބަރ 498547
  • ސެޕްޓެމްބަރު 19 ވަނަ ދުވަހު ބަންޑާރަ މިސްކިތް ކައިރިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ 1 ކުޑަ ސިވް، ސިވް ބްރޭންޑްގެ 1 ފަހާފޮށި، ޖީޕަސް ބްރޭންޑްގެ 4 ލައިޓް، މަކިޓާ ބްރޭންޑްގެ 1 ބުރުމާ، މަކިޓާ ބްރޭންޑްގެ 1 ބެޓްރި ބުރުމާ. އިންސިޑެންޓް 498676
  • ސެޕްޓެމްބަރ 20 ވަނަ ދުވަހު  ބޮޑުރަސްގެފާނު މަގުން އާންމުފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ 3 ޕަވަރ ބޭންކް. އިންސިޑެންޓް ނަންބަރ 498802
  • ސެޕްޓެމްބަރ 20 ވަނަ ދުވަހު އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ފައިސާތަކެއް. އިންސިޑެންޓް ނަންބަރ 498830
  • ސެޕްޓެމްބަރު 20 ވަނަ ދުވަހު ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ޓޫލް ބޮކްސްއެއް. އިންސިޑެންޓް ނަންބަރ 498817
  • ސެޕްޓެމްބަރު 20 ވަނަ ދުވަހު މާވެޔޮ ގޯޅި ތެރެއިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ކައިރިހަދާ މެޝިނެއް. އިންސިޑެންޓް ނަންބަރ 498881

"މި ތަކެތީގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ." ފުލުހުންގެ ބަޔާނުގައިވެއެވެ. ނަމަވެސް މި ތަކެތީގެ ވެރިފަރާތުން މި ތަކެއްޗާ ހަވާލުނުވެއްޖެ ނަމަ ނުވަތަ ވެރިފަރާތް ނޭނގިއްޖެ ނަމަ، އެ ތަކެއްޗާމެދު އަމަލުކުރާނެ ގޮތެއް ފުލުހުންގެ ބަޔާނުގައެއް ނެތެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *