ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހަ ބުރީގެ ސްކޫލެއް އަޅަން 35 ހާސް އަކަފޫޓަށްވުރެ ބޮޑު ބިމެއް ވިލާ އެޑިއުކޭޝަނަލް ސަރވިސަސް އަށް ދިނުމުގެ ފްރޭމްވޯކް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ހައުސިން ޑިވްލޮޕްމަންޓު ކޯޕަރޭޝަން (އެޗް.ޑީ.ސީ)ން ބުނީ ހުޅުމާލެ ފުރަތަމަ ފިޔަވަހިން 35،885.98 އަކަފޫޓުގެ ބިމެއް ކުއްޔަށް ދިނުމާ ބެހޭ ފްރޭމްވޯކް އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރ އަހުމަދު އާތިފު ކަމަށާއި ވިލާ ސްކޫލްގެ ފަރާތުން ރެކްޓަރ ޑރ. އަހުމަދު އަންވަރު ކަމަށެވެ.