...

Support Us

މަސްތުވާތަކެއްޗާއެކު ވިލިނގިލި އަދި ދަނގެތީން ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ އެކު ގއ. ވިލިނގިލި އަދި އދ. ދަނގެތީން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ވިލިނގިލީގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން 38 އަހަރުގެ މީހަކު ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި އަށް ސެލޯފިންކޮޅު ފެނިފައިވާ ކަމަށެވެ.

އަދި މާލެއިން ދާ ބޯޓަކުން ދަނގެއްޗަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ދަނގެތީގައި މަސައްކަތްކުރާ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި 20 އަހަރުގެ މީހެއް ދަނގެތި ބަނދަރުމަތިން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ތިން ސެލޯފިންކޮޅާއި ދެ ރަބަރު ޕެކެޓް ފެނިފައިވާ ކަމަށެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ފެންފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ހަތް ދުވަހުގެ މުއްދަތު ދީފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި މައްސަލަތައް ވިލިނގިލީ ޕޮލިސް ސްޓޭޝަން އަދި ދަނގެތީ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ދަނގެތިން ދެ މީހުން،، ދެން ވިލިނގިލިން ކިތައް މީހުން؟؟ވިލިނގިލިން ދެ މީހުން ދަނގެތިން ދެ މީހުން ޖުމްލަ ހަތަރު މީހުންތަ؟؟ ނުވަތަ ވިލިނގިލިން މީހަކާއި ދާނގެތިން މީހެއްތަ؟؟ ނުވަތާ ވިލިނގިއްޔާއި ދަނގެތިން ދެމީހުންތަ؟؟ ސާފުވާ ގޮތަށް ލިޔެދީބަލަ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *