ހަގީގަތަކީ ހިތެއް އޮތަކަސް މިއަދު އޭގައި ދިރުންނެތްކަން
ނަގާފައި ހިތް ޒަޚަމު ހުރިވަރު ދުނިޔެއަށް އަދު ނުދެއްކޭކަން
މަސަލަހުން މޭ ތެރޭގައި ހިތް ނުވާ ސަބަބެއްކަމަށް މިވަނީ
އަސަރު މިހިތަށް ކުރާ ހުރިހާ، ދުލެއް އޮތަކަސް ނުބުނެވޭކަން
ވަދާޢުގެ ހިތި ސަލާމަށްފަހު، ފުރައިގެން ދިޔަފަހުން އޭނާ
ހަނދާންތައް ދިރި އުޅޭ ހިތުގައި ހިތާމައަކީ ނުފުހެވޭކަން
މިލައިގެން މުޅި ހަޔާތްއެކުގައި، ދިޔަސް އުއްމީދަކަށް މިވަނީ
ބިލާހުން ކުރި ބިނާ ހިތުގައި ފިލައިގެން އެކު ނުގޮސް ހުރިކަން
ނިވާލަން ރޯވި އިޝްޤުގެ ހުޅު، ކުރަންް ހިތްވަރު އެހެންނަމަވެސް
މިވާގޮތަކީ އެކަން ކުރުމަށް ހިތާ ނަފްސަށް އިޒުނަނެތްކަން
އެނގޭ ނުފުދޭނެކަން ހިތުގައި މިވާ އެދުމެއް، އެހެންވީމާ
ޔަޤީންވެއްޖޭ މިއީ ނިމުމެއް ނުވާ ދިގު އިންތިޒާރެއްކަން