...

Support Us

ތިރި ކުރާށޭ ޤަބުރު

ޤުދުރަތީ ފަރިކަމޭ ފެންނަނީ އެކު ނަޒަރު
އުދުހި ދާން އަރިއަހަށް ބަނދެމަލީމޭ ކަމަރު

ދަރުމަވެރި ވާ ކަލަކު ވާކަމަށް ހެކިވެދޭ
އަހުރަވެތި މޫނުގައި ވާވިދާ އަލި ޤަމަރު

ފަޅުކަމުން ހިތް ނުބައި ދުރުވެދޭ ޣަފުލަތާ
އަޅުގެ އީމާނުގައި ނެތް ތިނޫން އެއް އަސަރު

​މިހިތުގައި ދެވަނައެއް އޭގެ ނެތް "ޤިބުލައީ"
ސިހިއެދާ ފަދަ ދިހުން ހުރި މަލާ އޭގެ ކަރު

ރީތި "ކިސްވާގެ" ފޭރާމުގައި ވެމެ ނިވާ
ވީތި ފެނެޔޭ އުޅޭތަން ވަކިން ގައިޝަހަރު

ނަންފުޅުގެ ޖާހަތާ ޝާނުވެރި ޝައުކަތާ
ދަންނަވާއިރު އިރާ ހަނދު ކުރޭ މާތް ގަދަރު

ގޮސްލުމަށް ބޭނުމޭ ފެންނަ ހިނދު މާދުރުން
ބޮސްދިނުންވެސް އެދެން ހެން އެ އަސްވަދު ހަޖަރު

ހޯދުމަށް މަންޒިލެއް އެކު ވުމަށް ދުވެވެނީ
ބޯދެމުން ދޭތެރޭ ވާ ސަފާ އާއި މަރު

ވީއްލުމަށް ރޯދަ އެދިގެން ވަނީ ތުންފަތޭ
ކީއްވެހޭ އޮންނަނީ މޮޅުކަމަށް މާ ކަދުރު؟

ހަނދުމަވާ ހިނދު އެކަނި ގޮސް އެހެން އިނދެވަކިން
ވަނދުކަމާ އެކު ހިރާގައި ކުރީ ގިނަ ޛިކުރު

ވޭނުގައި ލޭކަރުނަ ތިޔަ އަތަށް އެދި އޮހޭ
ގޭނުމުން ހިތް އެމައިދާނުގައި ހެން ބަދުރު

ތިޔަ ނަސީބަށް އަދައި ކުރެވެނީ ގިނަ ދުޢާ
ހިޔަ ހިފަން ރޯދަ ވިދިގެން ބުނީމޭ ނަދުރު

ގިސްލެވޭ ހިތް ރުހޭ ފަދަ ޖަވާބެއް އަދާ
ވިސްނެނީ އާޚިރަތް އެދި ކުރާހެން ފިކުރު

ހެޔޮ އަތުން ރުހުމުގައި ފަތް މަށަށް ނަމަ ލިބޭ
ހެޔޮ އެތައް ހާފިޒެއްހެން ލިބޭނީ ފަޚުރު

ވައަތު ފަތް ޚަންޖަރެއް ހެން ލިބޭ ނަމަ މެޔަށް
ކައްވަޅަށް ކަފުނުގައި ތިރި ކުރާށޭ ޤަބުރު

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *