...

Support Us

ބިއްލޫރި ފުޅިއަށް ބަދަލުކުރަން ނިންމައި، ޕްލާސްޓިކް ފުޅީގައި ފެން ބަންދުކުރުން ސްޓެލްކޯ އިން ހުއްޓާލައިފި

ބިއްލޫރި ފުޅިއަށް ބަދަލުކުރަން ނިންމައި، ޕްލާސްޓިކް ފުޅީގައި ފެން ބަންދުކުރުން ސްޓެލްކޯ އިން ހުއްޓާލައިފިއެވެ.

ސްޓެލްކޯ އިން ބުނީ އެ ކުންފުނިން ހިންގާ 35 އިންޖީނުގެއަކީ ސިންގަލް ޔޫސް ޕްލާސްޓިކް ނުވަތަ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ވެއްދުން މަނާ ތަންތަނުގެ ގޮތުގައި މި އަހަރުގެ އެޕްރީލް މަހުގެ ފުރަތަމަ ދުވަހު ހަދައިފައިވާ ކަމަށެވެ.

"މި ނިންމުމާއެކު، ސްޓެލްކޯއިން އަމާޒު ހިފީ ކައިރި މުސްތަގުބަލެއްގައި މި ކުންފުނީގެ "ސްޓެލްކޯ ފެން" ބްރޭންޑްގެ ދަށުން ޕްލާސްޓިކް ފުޅީގައި ބަންދުކޮށްގެން ވިއްކަމުން ގެންދިޔަ ފެން ވިއްކުން ހުއްޓާލުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށެވެ. އެގޮތުން އެ އަމާޒަށް ވާސިލްވުމަށް މިހާރު ވަނީ ޕްލާސްޓިކް ފުޅީގައި ފެން ބަންދުކުރުން އެއްކޮށް ހުއްޓާލާފައެވެ." ސްޓެލްކޯ އިން ބުންޏެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވީ، އެ ނިންމުމަކީ "އަޅުގަނޑުމެންގެ ވަށައިގެންވާ މާހައުލަށް ޕްލާސްޓިކްގެ ސަބަބުން ލިބެމުން އަންނަ ގެއްލުން ކުޑަކުރުމަށް ވަރަށް މުހިއްމު ނިންމުމެއް" ކަމަށާއި، ސްޓެލްކޯއިން މި ދެއްކި ނަމޫނާއާ އެއްގޮތަށް އެހެން ފަރާތްތަކުންވެސް އަމަލު ކުރަމުން ގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"ޕްލާސްޓިކް ފުޅީގައި ފެން ބަންދުކުރުން ހުއްޓާލި ނަމަވެސް، އަޅުގަނޑުމެން ވަރަށް ކައިރި މުސްތަގުބަލެއްގައި ތިމާވެއްޓާ ރައްޓެހި ފެނުގެ އިތުރު ޕްރޮޑަކްޓެއް. އާދެ ބިއްލޫރި ފުޅީގައި ފެން ވިއްކަން ފަށާނަން" މުޣުނީ ވިދާޅުވި އެވެ.

ސޓެލްކޯގެ ގްރީން ލައިފް އިނިޝިއޭޓިވްގެ ދަށުން ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލުމަށް ކުރެވުނު މަސައްކަތުގައި މުވައްޒަފުން ބައިވެރި ކުރުމަށް ކޮންމެ މުވައްޒަފަކަށް ވެސް ރީ-ޔޫސަބަލް ފެންފުޅި އާއި ފޮތި ދަބަސް ވަނީ ހަވާލުކޮށްފައެވެ. އަދި މަސައްކަތުގެ މާހައުލުގައި ފެން ބުއިމުގެ އާދަ އަށަގަންނަވައި ދުޅަހެޔޮ ސިއްހަތެއްގައި މުވައްޒަފުން ތިބުމަށް ބާރުއެޅުމަށް އެ ކުންފުނީގެ މައި އޮފީހުގެ ވަކިވަކި ޑިޕާޓްމަންޓުތަކުގައި ވޯޓަރ ޑިސްޕެންސަރ ނުވަތަ ބޯފެން ފުޅިއަށް އަޅައިގެން ބޭނުން ކުރެވޭނެ އިންތިޒާމުތައް ވެސް ވަނީ ހަމަޖައްސައިފައެވެ. މީގެ އިތުރުން ސްޓެލްކޯގެ ވިޔަފާރި ޚިދުމަތްތަކުގައި ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ޕްލާސްޓިކް ކޮތަޅުގެ ބަދަލުގައި ކަރުދާސް ކޮތަޅު ފޯރުކޮށްދީ، ކުންފުންޏަށް ވަންނަ ފަރާތްތަކުން ވެސް ސިންގަލް ޔޫސް ޕްލާސްޓިކް ކުންފުނީގެ އިމާރާތުގެ ތެރެއަށް ނުވެއްދުމާއި ބޭނުން ކުރުން ހުއްޓުވުމުގެ ގޮތުން، އިމާރާތުގެ ތެރެއަށް ވެއްދުން މަނާ ޕްލާސްޓިކް، ހެޑް އޮފީހުގެ އިމާރާތުގެ އެތެރެއަށް ވަންނައިރު ބެހެއްޓޭނެ ނުވަތަ ރައްކާކުރެވޭނެ އިންތިޒާމްތައް ވެސް ވަނީ ޤާއިމް ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

2 Responses

  1. އެހެން ފުޅިއަކަށް ބަދަލުކުރާކަށް ހުއްޓައެއް ނުލާނެ. ހުއްޓައިލުމުގެ ބަދަލުގައި ހަދާންޖެހޭނެ ގޮތަކީ ބިއްލޫރިފުޅިގައި ބަންދުކުރާން ފެށުން. އެކަމަށް ތައްޔާރު ނުވެ ހުއްޓައިލީމާ އޭގެ މާނައަކީ އެ މަސައްކަތް ބަނގުރޫޓްވީއްޔޭ. ތިޔަ ކުންފުނި ވެސް އިންޑިއާ އަށް ވަރަށް އަވަހަށް ދޫކޮށްލާ ގޮތަށް އިބޫ ހަމަޖައްސައިފައިވަނީ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *