ދުނިޔެ ޖެހިހާ ބެރަކަށް ނެށުނުކަމޭ ކޮށިކަމަކީ
އުނިކަމެއް ނެތް ތަނެކޭ ހީކުރެވުން ކޮށިކަމަކީ
ހީލަތާ މަކަރުގެ ފަސްބައިގެ ތެރޭ އެލިގަނެގެން
މާލުވެރިކަން ހޯދުން ދިރި ތިބެ ކުރެވޭކަމަކީ
އަދަބު އަޚުލާޤުގެ ފޮޅުވަތް ހިތުދަސްވީ، ނަމަވެސް
އަދު ޒުވާން ޖީލު މިހެން މަގުމަތިވުން ދެރަކަމަކީ
ގަސްތުގައި ރަސްމަތިފުށު ވަންހަ ކުރާ ކުށްފޮރުވަން
ފަސްއަޅާ ފޮރުވާލުން އާންމުވެފައި އޮތްކަމަކީ
ހައްޤު ހޯދަން ޢަދުލާ ދެކޮޅުވެ ތެދުވާއިރުގައި
ހައްޤު، ބާޠިލު، އޮޅުނަސް ޖަލުކުރުން ތާކަމަކީ
ނިކަމެތީން ނިކަމެތިވާން ދޫކުރި މި ސަގާފަތުގައި
ވަކި ބަޔަކު ދުނިޔެ ވަށާ "ބެެއްދުމެ" ބަލިކަށިކަމަކީ
ނުކުޅަދާނަވެ ބުރައެއްކަމު މިއުޅޭ ދުނިޔެވިޔަސް
ފިކުރުކޮށް ހޭވަރިވުން އޮތް ރައްކާތެރިކަމަކީ