...

Support Us

ނަފުރަތު ކުރާ މީހުންނަކަށް ނުގުޑާނެޔޭ

ގުސްތަރުން އާހިތަ ދަތުރުތައް ކޮށްލަމުން އެބަ ގެންދެޔޭ
އުސްކުރާން ގައުމީ އިމާރާތް އުޅެދެނީކަން ބުނެދެޔޭ

ހައިނުކޮށް އިސްވާރަކަށް ތާއިދުކޮށްގެން ތިބި ތިބުން
ބައިކުރާން ބައިބައިކުރާން ޢުދުވާނަކުން ނުފުދޭނެޔޭ

ނީލަމަށް ގައުމީ ކަރާމާތާ ޝަރަފު އަދި ތަރިކަޔާ
ހީލަތުން ލައިގެން އުޅޭއިރު، ޗުއްޕު ވެސް ނުބުނާނެޔޭ

ބައިބައަށް ފަހަރަކު ބައެއް ވިއްކައި ބަހައި ހުސްކޮށްހަދައި
އައި ބަޔަކު ހިންގާ ޖަރީމާގައި ރުހުން ތިބެ، ދޭނެޔޭ

ޚާއިނުންނަށް ލާބަޔާ މަންފާ ލިބޭ ފަދަ ގޮތް ގޮތަށް
މާއިހުއްސުރެ ރާވަމުން އެބަ އަންނަކަން ދަންނާނެޔޭ

ލޭފަވެތި އިސްވާރަށާ އޭނާގެ މުޚުލިޞް ބައިވެރީން
ވޭ ފަހުމް، ނަފުރަތު ކުރާ މީހުންނަކަށް ނުގުޑާނެޔޭ

އަޒުމުގައި ސާބިތު ބަޔެއްކަން މާވަޓާ މީހުންނަކީ
ނަޒުމަކުން ބުނެދޭކަށެއް ގައިމޭ ތެދޭ ނުޖެހޭނެޔޭ

ފެއްސިގެން ދާށޭ ބުނާ ހިތް ނުވި ކަމަކު ބުނަމޭ އެހެން
ޖެއްސި ހުރިހާ ދުއްތުރާ "މާޒީ" އަބަދު ދަންނާނެޔޭ

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *