ރާގު: ލަގުޖާގަލޭ…
މަންމާ ތިޔޭ! ހަޔާތުގެ ދިރުމާއި ރޫޙަކީ
ވިންދާ ހިތާލެޔާ މި ފުރާނައިގެ ބާރަކީ
އެ އުނގީ ހިޔާ ލިބޭ ހެޔޮ މަންމާގެ ތިޔަ އުނގޭ
އެ އުފާތަކީ އަރާމުގެ ތިޔަ ދައްކަވާ މަގޭ
އެ މަގީ ލިބޭ ނަސީބުގެ ޖަންނަތުގެ ހެޔޮ މަގޭ
ވިންދާ ހިތާ ލެޔާމި ފުރާނައިގެ ބާރަކީ
މަންމާ ތިޔޭ
ވެވެނީ ފިދާ މިޒާޖަށަ ކުރަމުން މި ހެޔޮ ސަލާމް
ދެވެނީ ޤަދަރު ތިބާއަށެ ލޯތްބާ މި އިޙްތިރާމް
ދެވިފައިވުމުން ތިބާއަށަ މި ހިތުގެ މަތީ މަޤާމް
ވިންދާ ހިތާލެޔާމި ފުރާނައިގެ ބާރަކީ
މަންމާ ތިޔޭ!