ވެރިޔަކަށް ވިޔަކަސް ހިތަށް އެރިހާ ކަމެއް ކޮށްގެން ނުވާނެ
އެރިޔަށޭ ބުނެ އެޅިތަކެތި އެކުގާ ކޮނޑަށް ލައިގެން ނުވާނެ
ބާރުތައް އެކި ފުށްފުށުން ލިބިފައި މިއަދު ވާ މަގުތަކާ
ވާރުދޭމީހުން ހަނދާންނެތި ހައްގުތައް ހިފިގެން ނުވާނެ
ފަހަތުގައި ވާ ބާރަކުން މިސްރާބު ކުރުވާ ފަދައަކުން
ނަހަމަ އިންތަކުގެ ތެރެއަށް ކޮއްޕިއަސް ވަދެގެން ނުވާނެ
ލަދުތަދާ ސަރަމާ ބިރާ ނެތި ގޮށްމުށުން ވިސްނުން އަރައި
އަދުލުވެރި އިންސާފުގައި ކަޅުތާކިހާ އެޅިގެން ނުވާނެ
ބޮލަރުވައިގެން ހައްގުތައް ހުރި ކޮޅުވަށިން ބޭރަށް އުކައި
ދޮލަނގު ދޮށުގައި ކުޅުދިޔާވާ ކުޑަކަކޫ ޖެހިގެން ނުވާނެ
މަޑުމަޑުންވާ ހިތްތަކުން ތިޔަ ސިކުނޑިއަށް ފޮނުވާ ރުއިން
އަޑުފަޅައިނުލިޔަސް އެ އަޑު ނީވޭ ކަމަށް ހެދިގެން ނުވާނެ
ކުރިތިމާ ހުރިހާ ކަމެއް އެންމެން ރުހޭނެކަމަށް ބަލައި
ހުރި އަގެއް ހުރިހާ މިދީބުގެ ގެއްލި ދިޔަދީގެން ނުވާނެ