މަރާލައޭ ދިރިހުއްޓާ ރުހުން ނުވާ މީހާ
އުރާލައޭ މަރުވެދިޔަސް ހިތުން ރުހޭމީހާ
ނުބައިވެއޭ ހެޔޮ އެދުނަސް ގުޅުން ނުވާމީހާ
ނުބައި ކަމެއް ނުވެއޭ ނުކުރެއޭ އަނެއް މީހާ
ގޮތޯ މިއީ އިންސާނީ ހިތަށް ނިޔާކުރުމީ
އޮތޯ އެހެން ލިއެފައި މާކުރިން އުޅުނު މީހާ
މަވެތިކަމާ "ފޮނި"ކަން އޭގެ ހައްދުފަހަނައަޅާ
މަވެސް މިގެންގުޅެނީ ދެރަކަމެއް މިފަދަ މީހާ
އުފާތަކުން ވަގުތީ އަނެކުނަށް ދެވޭ ފުރަގަސް
ނަފާ ކަމަށް ކުރެވޭ ބޮޑުކުށެއް އެއީ މީހާ
އެތައް ކަމެއް އެވަނީ އަމުރުފުޅުތަކުން އެނގިފާ
ހިތަށް އަމާންކަން ހޯދާނެ ކެތްކުރާ މީހާ
މި އިމްތިހާނުގެ މެޗު ނުނިމެނީސް މޮޅަށް ކުޅެލާ
މިއިން މެޑެލު ލިބެނީ ގޯލުވެސް ޖަހާމީހާ
ހިނގާ އަލުން ވިސްނާ ޒާތް ވަކިން ދުރަށްލާފާ
ނިގާރަމެއް ދުނިޔޭގައި ލަމާ ދިރޭމީހާ