މާތްވެގެންވާ ކައުބާގެ ދޮރުކޮޅު ހަދައިފައި ވަނީ 100 އިންސައްތަ ރަނުންކަން އެނގޭހެއްޔެވެ؟ އެއީ އާންމުކޮށް މި ގެންގުޅޭ 24 ކެރެޓް ރަނަށްވުރެ ވެސް މާ ބޮޑަށް ސާފު ރަނެކެވެ. ގެފުޅުގެ ދޮރުކޮޅުގައި 280 ކިލޯގްރާމުގެ ރަން ބޭނުންކޮށްފައިވެއެވެ.
ކައުބާގެ ދޮރުކޮޅު ފަރުމާކޮށްފައި ވަނީ ސީރިޔާގެ ފަންނުވެރިއެއް ކަމަށްވާ މުނީރުލް ޖުންދީއެވެ. އެ މަސައްކަތް ކޮށްފައި ވަނީ މައްކާ މަޝްހޫރު ރަން ފެކްޓަރީއެއް ކަމަށްވާ ޝެއިޚް މަހުމޫދު ބަދުރުގެ ފެކްޓަރީގައެވެ. ކައުބާގެ ދޮރުކޮޅުގައި މުނީރުލް ޖުންދީގެ ނަން ޖަހައިފައިވެއެވެ.
ކައުބާގެ ދޮރުކޮޅުގެ އުސްމިނުގައި ތިން މީޓަރު އަދި ފުޅާމިނުގައި ދެ މީޓަރު ހުރެއެވެ. އަދި ދޮރުކޮޅުގެ ފުންމިނުގައި ބައި މީޓަރު ހުރެއެވެ.
ދޮރުކޮޅު ހަދައިފައި ވަނީ ދެ ދޮރުފަތް ލައި، ތައިލެންޑުގެ މަކާމޫންގް ލަކުޑިން ތަޅުމެއް އަޅައިފައެވެ.
ދޮރުކޮޅުގައި ހުރި ކުރެހުންތައް ކަނޑައި ނަގައިފައި ވަނީ ޝެއިޚް އަބްދުއްރަހީމު ބުޚައިރީއެވެ.
މައުލޫމާތު: ހަރަމައިން/ އެފް.ބީ