Support Us

ހިޔާ ފްލެޓުތައް ނިންމަން ބޮލުގައި ލޯނު އަޅުވަންވެގެން ބީ.އެމް.އެލުން އާދޭސްކުރަމުން ދުވަނީ

ރަހުމަތްތެރިިއަކު ޝަކުވާކުރިއެވެ. ގޭގެ މަސައްކަތުގައި އުޅެނިކޮށް ހޮނިހިރު ދުވަހު މެންދުރު ގަޑީގައި ކުއްލިއަކަށް ފޯނެއް އައެވެ. ބޭންކް އޮފް މޯލްޑީވްސް (ބީ.އެމް.އެލް) އިން ކަމަށް ބުނުމުން އޭނާ ފުރަތަމަ ހީކުރީ ފޭކް ކޯލެއް ކަމަށެވެ. ކޮންމެވެސް އިނާމެއް ލިބިގެން، އެކައުންޓަކަށް ފައިސާ ޖަމާކޮށްދޭށޭ ބުނަން އުޅެނީ ކަމަށެވެ. ނަމަވެސް، ހަގީގަތުގައިވެސް އެއީ ބީ.އެމް.އެލްގެ އިސްލާމިކް ބްރާންޗުގެ ކޯލެއްކަން އެނގުނީ، ދައްކަން ފެށި ސީރިއަސް ވާހަކަތަކުންނެވެ.

ހިޔާ ފްލެޓެއް ނިންމުމުގެ މަސައްކަތް ކުރިއަށް ދަނީ… –އަދިވެސް ފޮޓޯ: ތޮލާލް

ބީ.އެމް.އެލުން ބުނީ އެ ރަހުމަތްތެރިިޔާ އަށް ހިޔާ މަޝްރޫއުން ފްލެޓެއް ލިބިފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި ފްލެޓުގެ ފިނިޝިން އަށް ވަރަށް ރަނގަޅު ލޯނެއް ބީ.އެމް.އެލްގެ އިސްލާމިކުން ދޭ ކަމަށެވެ. އެއީ 25،000 ރުފިޔާއިން ފެށިގެން 150،000 ރުފިޔާ އާ ހަމަޔަށް ދޫކުރާ ލޯނެއް ކަމަށާއި މުދާ ނަގަން ބޭނުން ނަމަ މުދާ ނުވަތަ ނަގުދު ފައިސާ ބޭނުން ނަމަ ފައިސާ ވެސް ލިބިދާނެ ލޯނެއް ކަމަށެވެ. ފްލެޓްގެ މަސައްކަތް ކުރިއަށްގެންދަނީ ކިހިނެއްތޯ ވެސް އަހައި ސުވާލުތައް ކުރި ކަމަށެވެ. ބީ.އެމް.އެލްގެ ލޯނެއް ބޭނުންވެއްޖެ ނަމަ، ގުޅާނެ ކަމަށް ބުނެފައި ރަހުމަތްތެރިވާ އަވަހަށް ފޯނު ބޭއްވީއެވެ.

ރަހުމަތްތެރިިޔާ ބުނީ އޭނާ އަށް ހިޔާ ފްލެޓެއް ލިބުނުކަން ބީ.އެމް.އެލް އަށް އެނގެންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އަދި ލޯނު ދޭންވެގެން އޭނާގެ ނަންބަރަށް ބީ.އެމް.އެލުން ގުޅަންޖެހޭ އެއްވެސް ސަބަބެއް ވެސް ނެތް ކަމަށެވެ.

ބީ.އެމް.އެލުން ލޯނެއް ނަގަން ޖެހިއްޖެނަމަ، އާންމު ގޮތެއްގައި އުޅެންޖެހެނީ ވަރަށް ހާލުގައިކަން ފާހަގަކުރަމުން ރަހުމަތްތެރިޔާ ބުނީ، މިހާރު އެހާ ވަރަކުން އެ އުޅެނީ، ކޮވިޑްގެ ހާލަތުގައި އެންމެންގެ އަތްމަތި ދަތިވެފައިވާ ދަނޑިވަޅުގައި، ބޮޑު ލޯނެއް ބޮލުގައި އަޅުވައިގެ ފައިދާ ނަގަން ކަމަށެވެ.

ބައެއް އެހެން ރައްޓެހިންވެސް ބުނީ ބީ.އެމް.އެލުން ގުޅައި ލޯނު ނަގާތޯ އާދޭސަކުރަމުން އަންނަ ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
111
ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

4 Responses

  1. sarukaaru bank lavvaa sarukaarun hingaa jareemaa. adhives ehen meehunaa dhimaa ah dharani dhanthuraey kiyaa! meehun boluga gadhakamun dharani alhuvan fahaa dhuvaheh.

  2. Haadha thandhoru nudhanna meeheh liyefa oiy habareh mee! Furathama eba jehey Islamic finance dhaskuran, BML Islamic or MIB inves loan dhuleh nukurey dho, bayaku Riba aa dhurah dhaathy meykaran feshee dho.

  3. އަހަރުމެން މިއުޅެނީ ބީއެމްއެލް އިސްލާމިކް އިން ލޯނު ނުލިބިގެން.އެތަނަށް ގުޅަންވެސް ގުޅިން އަދި ލޯނުބޭނުންވާ ކަމަށްވެސް އެދުނިން،ނަމަވެސް ކުރިން ލޯނެއް ނަގާފައި ލޯނު ދެއްކުމުގައި އިންނަ މުއްދަތަށްވުރެ ފަހުން ފައިސާ ދައްކާތީ ޝަރުތު ހަމަނުވޭ.ގުޅައިގެނަ އާދޭސް ކުރަންޖެހޭ އެއްވެސް ސަބަބެއް ނޭގުނު. އަދި ފުލެޓް ލިބުނު ފަރާއްތަކަށް ގުޅާ އާދޭސް ކޮށްގެން ލޯނު ނަގަން އާދޭސް ކުރާނެ ކަމަކަށް ސިކުނޑި ގަބޫލެއް ނުކުރޭ ސަބަބަކީ މިއުޅެނީ ނުލިބިގެން އާދޭސް ކޮށްގެންވެސް.އެޝަރުތަށް ލުޔެއް ދިނުމަށްވެސް އެދިފައި ވާނީ.ދެންނޭގެ ތިވާގޮތެއް.ވަކިބައެއްގެ ކައިރީގަތާ ތިއާދޭސް ކުރަނީވެސް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *