އުތުރުގެ ފިނި މޫސުމުގެ ފިނިން ސަލާމަތްކަން ހޯދުމުގެ ބޭނުމުގައި ކުޑަކުޑަ ދޫންޏެއް ދެކުނަށް ދިޔުމަށްޓަކައި އުދުއްސައިގަތެވެ. ނަމަވެސް، ވަކި ހިސާބަކަށް ދިޔަ ތަނާހެން، ފިނިކަން ގަދަވުމުގެ ސަބަބުން، ގެރީގެ ދަނޑެއްގެ މައްޗަށް ދޫނި ވެއްޓުނެވެ.
އެ ވަގުތު ގެރިއެއް އައިސް ދޫނީގެ މައްޗަށް ބޮޑުކަމު ދިޔައެވެ. އަދި، ގަނޑުވެފައި ހެން އޮތް ދޫންޏަށް ހޫނުކަން އިހުސާސުވެ، ދިރުން ލިބުނެވެ. ކޮންމެ އަކަސް ދޫނި ވަރަށް އުފާވެ ލަވަކިޔަން ފެށިއެވެ.
ދޫނި ލަވަ ކިޔާ އަޑު، ކައިރިން ދިޔަ ބުޅަލަކަށް އިވުނެވެ. އަދި، އެބުޅާ ދޫނި ކައިރި އައިސް ބެލުމުން އެނގުނީ ދޫންޏެއް ގެރިގުއިގަނޑުގެ ތެރޭގައި ފޮރުވިފައި އޮތް ކަމެވެ. ދެން، ބުޅާ ދޫނި ނަގައި ދޫނި މަރާލައިގެން ކައިލިއެވެ.
މި ވާހަކައިން ތިން ފިލާވަޅެއް ލިބެއެވެ!
ފުރަތަމަ ފިލާވަޅަކީ ކަލެއަށް ފާޑުކިޔައި ކަލެއާ ދިމާއަށް ނަޖިސް އުކާ ކޮންމެ މީހަކީ ކަލޭގެ ދުޝްމަނެއް ނޫނެވެ.
ދެވަނަ ފިލާވަޅަކީ ކަލޭގެ ގައިގައި ހުންނަ ނުރަނގަޅު ކަންކަން ފޮރުވައި، 'ނަޖިހުގެ ތެރެއިން ކަލޭ ނަގާ' ކޮންމެ މީހަކީ ކަލޭގެ ރަހުމަތްތެރި، ކަލެއަށް ހެޔޮ އެދޭ މީހެއް ނޫނެވެ!
ތިން ވަނަ ފިލާވަޅަކީ އުނދަގޫ ދަތި މައްސަލަތަކުގެ ނަޖިހުގެ ތެރެއަށް ގެނބިގެން އޮންނަ ވަގުތުތަކުގައި އެންމެ ބުއްދިވެރި ގޮތަކީ އަނގަލައްޕައިގެން ހިމޭނުން ހުރުމެވެ!