...

Support Us

ދިރިއުޅުމުގެ ހަގީގަތް

މިއީ ދުނިޔެ ދުށް މަޝްހޫރު ކަނބަލެކެވެ. ފެޝަންތަކުގެ ހުނަރުވެރި މޮޅު ފަރުމާވެރިއެކެވެ. ކުޅަދާނަ ލިޔުންތެރިއެކެވެ. ނަމަކީތޯއެވެ! ކްރިސްޑާ ރޮޑްރިގޯއެވެ. ކްރިސްޑާ ދެމިއޮތުމުގެ އާލަމަށް ދަތުރުކުރީ ކެންސަރުބައްޔާ ހަނގުރާމަކުރަނިކޮށެވެ. އޭނާ ނިޔާވުމުގެ ކުރިން ފޮޅުވަތްތަކެއްގައި މާނަފުން މެސެޖުތަކެއް ލިޔެ ދުނިޔެއަށް ހާމަ ކުރިއެވެ.

  1. އަހަރެންގެ ގަރާޖުގައި އެ އޮތީ ދުނިޔޭގެ އެންމެ އަގުބޮޑު ބުރޭންޑުގެ ކާރެކެވެ. އެހެނަސް އަހަރެން ދަތުރު މި ކުރަނީ ފުރޮޅުލީގޮނޑިއެއްގައެވެ.
  2. އަހަރެންގެ ގެ ފުރި ބަރާވެފައިވަނީ ހުރިހައި ވައްތަރެއްގެ ފަރުމާވެރީންގެ އެކި ޒާތުގެ ހެދުންތަކާއި ފައިވާނާއި އަގުހުރި މުދަލުންނެވެ. އެހެނަސް އަހަރެންގެ ހަށިގަނޑު ނިވާކޮށްފައި މި ވަނީ ހަސްފަތާލުން ދިން ކުޑަ ފޮތިގަނޑަކުންނެވެ.
  3. އެންމެ ރަނގަޅު މިންވަރަށް ބެންކުގައި އަހަރެންގެ ފައިސާ ވެސް އެބަ ހުއްޓެވެ. އެކަމަކު އެ ފައިސާއަކުން އަހަންނަކަށް އެއްވެސް ފައިދާއެއް މިއަދަކު ނުކުރެއެވެ.
  4. އަހަރެންގެ ގެ ގަނޑުވަރެއް ފަދައެވެ. އެހެނަސް އަހަރެން މި އޮންނަނީ ހަސްފަތާލުގައި ހުރި ޑަބަލް ސައިޒު އެނދެއްގައެވެ.
  5. އަހަރެން ބޭނުން ނަމަ ފަސްތަރީގެ އެއް ހޮޓަލުން އަނެއް ހޮޓަލަށް ޒިޔާރަތް ވެސް ކުރެވިދާނެއެވެ. އެހެނަސް، އަހަރެން ވަގުތު ގުނަމުން މި ދަނީ ހަސްފަތާލުގެ އެއް ލެބުން އަނެއް ލެބަށް ދިޔުމުގައެވެ.
  6. އަހަރެން އެތައް ބަޔަކަށް އަހަރެންގެ ސޮއި ދިނީމެވެ. އެހެނަސް މިއަދު އަހަރެންގެ ސޮއިކަމުގައި ވެފައި މި ވަނީ ޑަކުޓަރުގެ ނޯޓެވެ.
  7. އަހަރެންގެ އިސްތަށިގަނޑު ނަލަ ހައްދަން ހަތް ވައްތަރުގެ ގަހަނާ ވެސް ހުއްޓެވެ. އެހެނަސް މިހާރު އަހަރެންގެ ބޮލަކު އިސްތަށްޓެއް ނެތެވެ.
  8. އަހަރެން ބޭނުން ނަމަ އަހަރެންގެ އަމިއްލަ ޖެޓެއްގައި އަހަރެން ބޭނުން ކޮންމެ ތާކަށް ދެވިދާނެއެވެ. އެހެނަސް މިއަދު އަހަންނަށް ބޭނުން ވަނީ ހަސްފަތާލުގައި އަހަންނަށް އެހީތެރިވާނެ އެންމެ ދެ މީހުންނެވެ.
  9. ކިތަންމެ ގިނައެއްކޮށް ކާބޯތަކެތި ހުއްޓަސް، އަހަރެންގެ ކެޔުމަކަށް ވެފައި މިވަނީ ދުވާލަކު ދެ ގުޅަ ބޭހާއި ރޭގަނޑު ދެތިން ލޮނު ތިއްކެވެ.

މިގެއާއި މި ކާރާއި މި ޖެޓާއި މި ފަރުނީޗަރާއި އެތައް ބެންކެއްގެ އެކައުންޓުގައި ހުރި ފައިސާއާއި އެތައް އަގަކާއި އެތައް މަޝްހޫރުކަމެއް ލިބިފައިވެއެވެ. އެހެނަސް މިއިން އެއްވެސް އެއްޗެއް ބޭނުންތެރި އެއްޗަކަށް ނުތްވެވެ.

އަގުބޮޑު އެއްވެސް އެއްޗަކަށް އަހަންނަށް ލުޔެއް ނުދެވުނެވެ.

ހަގީގީ ދިރިއުޅުމަކީ ވީހައިވެސް ގިނަ ބަޔަކު އުފާކޮށްދީ ހިނިތުންކޮށް ދިނުމެވެ. "މަރު ފިޔަވައި ހަގީގީ އެއްޗެއް ނެތެވެ." އުމުރު ވަރަށް ކުރެވެ.

(ތަރުޖަމާއެއް)

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
113
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *